ކައުންސިލްގެ ނިންމުން
|
ނިންމުން ނަންބަރު: 426-B (4)/2023/050 |
|
|
ބޭއްވުނު ތާރީޚް: 29 މާރިޗް 2023 |
ޖަލްސާ:2023 ވަނަ އަހަރުގެ14 ވަނަ ރަސްމީ ޖަލްސާ ( 4ވަނަ ކައުންސިލްގެ 93 ވަނަ ޖަލްސާ) |
|
މައްސަލަ |
||||
|
ހުށަހެޅުނު މައްސަލަ: އައްޑޫ ސިޓީ ކައުންސިލްގެ ނަމްބަރު 426-AA(3)/2018/96 މުރާޖައާ ކުރުމަށް |
||||
|
މައްސަލަ ހުށަހެޅި ފަރާތް: ކައުންސިލަރ، ޙުސައިން ފައިޒުއްރަޙްމާން |
||||
|
ނިންމުން |
||||
|
މައްސަލަ ނިމުނުގޮތް: " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، " އައްޑޫ ސިޓީކައުންސިލްގެ ނަމްބަރު 426-AA(3)/2018/96 ނިންމުން މުރާޖައާކޮށް ކައުންސިލް އިދާރާގެ ބޭރުން އެހެނިހެން މުއައްސަސާ ތަކާއި އަމިއްލަ ފަރާތްތަކަށް ދޫކުރެވޭ ރަސްމީ ލިއުންތަކާއި ޖަވާބު ތަކުގައި އޮފީހުގެ ކަންކަން ވިލަރެސްކޮށް ބެލެހެއްޓުމުގެ ޒިންމާ މޭޔާރ ހަވާލުކުރައްވާ އެ އަވަށެއްގެ ކައުންސިލަރު / ކައުންސިލަރުން ސޮއިކުރާ ގޮތަށް ނިންމުމަށާއި، މޭޔަރ ނުވަތަ ކައުންސިލަރުންގެ މަޝްވަރާއާއި އެކު ކައުންސިލް އިދާރާގެ އެކިއެކި ޑިޕާޓްމަންޓް، ސެކްޝަން ނުވަތަ ޔުނިޓް ތަކަށް ފޮނުވާ ލިޔެކިއުންތަކާއި ދެވޭ ޖަވާބުތަކުގައި އެވަގުތަކު އަވަށުއޮފީސް ހިންގުމާއި ހަވާލުވެ ހުންނަ އިދާރީ އިސްފަރާތް ނުވަތަ އެފަރާތުން ކަނޑައަޅާ ފަރާތަކަށް ސޮއިކުރެވޭ ގޮތް ހަމަޖެއްސުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އަޢްލަބިއްޔަތުން މި ހުށަހެޅުން ފާސްކުރެވުނެވެ. |
||||
|
ތާއީދު ކުރެއްވި: ޑެޕިއުޓީ މޭޔަރ، މުޙައްމަދު ޝުއާއު |
ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، ޙުސައިން ފައިޒުއްރަޙްމާން |
|||
|
ވޯޓް ދެއްވި ގޮތް |
||||
|
ބައިވެރިވެވަޑައިނުގަންނަވާ: 00 ވޯޓް. |
ނުފެންނަކަމަށް: 01 ވޯޓް. |
ފެންނަކަމަށް: 10 ވޯޓް |
ވޯޓުގައި ބައިވެރިވި: 11 ވޯޓް |
|
ނިންމުން ޑައުންލޯޑް ކުރެއްވުމަށް

