އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ނީލަމުގައި ނުވިކިވާ ވެހިކަލްތައް ނައްތާލުމާއި މެދު ކައުންސިލުން ގޮތެއް ނިންމަވާ ދެއްވުމާއި ގުޅޭ

19 އެޕްރީލް 2023     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B (4)/2023/057

ބޭއްވުނު ތާރީޚް:  19 އެޕްރިލް 2023

ޖަލްސާ:2023  ވަނަ އަހަރުގެ17  ވަނަ ރަސްމީ ޖަލްސާ ( 4ވަނަ ކައުންސިލްގެ 96 ވަނަ ޖަލްސާ)

މައްސަލަ

ހުށަހެޅުނު މައްސަލަ:  

ނީލަމުގައި ނުވިކިވާ ވެހިކަލްތައް ނައްތާލުމާއި މެދު ކައުންސިލުން ގޮތެއް ނިންމަވާ ދެއްވުން އެދި.

މައްސަލަ ހުށަހެޅި ފަރާތް: އެޑްމިން ސެކްޝަން

ނިންމުން

މައްސަލަ ނިމުނުގޮތް:

           " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، ނީލަމުގައި ނުވިކިވާ ވެހިކަލްތައް މާލިއްޔާތާއި ބެހޭ ޤަވާއިދާއި އެއްގޮތްވާ ގޮތުގެ މަތިން ތަކެތި ނައްތާލުމުގެ ކަންތައް  ކައުންސިލުން ހަމަޖައްސާ އުސޫލުގެ މަތިން ކުރިއަށް ގެންދެވުމަށް ފެންނަކަމަށް"  ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ތާއީދު ކުރެއްވި: ކައުންސިލަރ، ޚާލިދާ މުޙައްމަދު

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ، އިބްރާޙިމް ޝިނާޒް

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00 ވޯޓް  

ނުފެންނަކަމަށް: 00 ވޯޓް

ފެންނަކަމަށް: 10 ވޯޓް

ވޯޓުގައި ބައިވެރިވި: 10 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B (4)/2023/057

ތާރީޚް: 19 އެޕްރީލް 2023