އައްޑޫސިޓީ ކައުންސިލްގެ އިދާރާ

މަރަދޫފޭދޫ އަވަށު އޮފީހަށް ބޭނުންވާ 1.5 ޓަނު ޕިކަޕް ގަތުމަށް ބޭނުންވާ 199060.00 ރުފިޔާ ހޯދުމަށް އެދި ހުށަހަޅާ މައްސަލަ

4 މޭއި 2023     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B (4)/2023/060

ބޭއްވުނު ތާރީޚް:  04 މޭއި 2023

ޖަލްސާ:2023  ވަނަ އަހަރުގެ19  ވަނަ ރަސްމީ ޖަލްސާ ( 4ވަނަ ކައުންސިލްގެ 98 ވަނަ ޖަލްސާ)

މައްސަލަ

ހުށަހެޅުނު މައްސަލަ:  

މަރަދޫފޭދޫ އަވަށު އޮފީހަށް ބޭނުންވާ 1.5 ޓަނު ޕިކަޕް ގަތުމަށް ބޭނުންވާ 199060.00 (އެއްލަކަ ނުވަދިހަ ނުވަހާސް ފަސްދޮޅަސް ރުފިޔާ ) ހޯދުމަށް އެދި ހުށަހަޅާ މައްސަލަ

މައްސަލަ ހުށަހެޅި ފަރާތް:  މަރަދޫފޭދޫ އަވަށު އޮފީސް 

ނިންމުން

މައްސަލަ ނިމުނުގޮތް:

" މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، މަރަދޫފޭދޫ އަވަށު އޮފީހަށް ބޭނުންވާ ޕިކަޕް ގަތުމަށް  199060.00 (އެއްލަކަ ނުވަދިހަ ނުވަހާސް ފަސްދޮޅަސް ރުފިޔާ )  JLCL – 226002 އެކްޓިވިޓީ ކޯޑު (ރަށްވެހި ޚިދުމަތް މަރަދޫފޭދޫ ، ޖަނާޒާ އިންތިޒާމް ) އިން ކެޕިޓަލް ތަކެތި ކޯޑުގެ JLCL - 424001 (އެއްގަމުގައި ދުއްވާ ތަކެތި ހޯދުން) ކޯޑަށް ބަދަލުކުރުމަށް ފެންނަކަމަށް "  ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

 ތާއީދު ކުރެއްވި: ކައުންސިލަރ، ޙުސައިން ޒަރީރު

ހުށަހެޅުން ހުށަހެޅި:  ޑެޕިއުޓީ މޭޔަރ، މުޙައްމަދު ޝުޢާއު

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00 ވޯޓް.

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 11 ވޯޓް

ވޯޓުގައި ބައިވެރިވި: 11 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B (4)/2023/060

ތާރީޚް: 4 މޭއި 2023