އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ފޭދޫ ޓޫރިޒަމް ޒޯންއިން ދޫކުރެވިފައިވާ، 3،000 އަކަފޫޓުގެ D3 ޕްލޮޓްއަށް ލިބިފައިވާ ހައްޤުތައް، ޕްރިމިއަރ ޕްރޮޕަރޓީއަށް ބަދަލު ކުރުމަށް އެދި

31 މޭއި 2023     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B (4)/2023/067

ބޭއްވުނު ތާރީޚް:  31 މޭއި 2023

ޖަލްސާ:2023  ވަނަ އަހަރުގެ 23 ވަނަ ރަސްމީ ޖަލްސާ ( 4ވަނަ ކައުންސިލްގެ 102 ވަނަ ޖަލްސާ)

މައްސަލަ

ހުށަހެޅުނު މައްސަލަ:  

އައްޑޫސިޓީ ފޭދޫ ޓޫރިޒަމް ޒޯންއިން ގެސްޓްހައުސް ގެގޮތުގައި ތަރައްޤީކުރުމަށް ސ. ފޭދޫ ގާވިޔާ، އަލްފާޟިލް ޒަކަރިއްޔާ ހުސައިން އަށް ދޫކުރެވިފައިވާ، 3،000 އަކަފޫޓުގެ D3 ޕްލޮޓްއަށް ލިބިދީފައިވާ އެންމެހާ ހައްޤުތައް، ޕްރިމިއަރ ޕްރޮޕަރޓީއަށް ބަދަލު ކުރުމުގެ ހުއްދައަށް އެދި އެފަރާތުން ހުށަހަޅުއްވާފައިވާތީ، ކައުންސިލުން މި މައްސަލައާއި މެދު ގޮތެއް ނިންމުމަށް

މައްސަލަ ހުށަހެޅި ފަރާތް:  ޓޫރިޒަމް ކޮމިޓީ

ނިންމުން

މައްސަލަ ނިމުނުގޮތް:

" މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، އައްޑޫސިޓީ ފޭދޫ ޓޫރިޒަމް ޒޯންއިން ގެސްޓްހައުސް ގެގޮތުގައި ތަރައްޤީކުރުމަށް ސ.ފޭދޫ ގާވިޔާ، އަލްފާޟިލް ޒަކަރިއްޔާ ހުސައިން އަށް ދޫކުރެވިފައިވާ، 3،000 އަކަފޫޓުގެ D3 ޕްލޮޓްއަށް ލިބިދީފައިވާ އެންމެހާ ހައްޤުތައް، ޕްރިމިއަރ ޕްރޮޕަރޓީއަށް ބަދަލު ކުރުމަށް ކޮމިޓީން ނިންމާފައިވާ ގޮތަށް ކުރިއަށްގެންދިއުމަށް ފެންނަކަމަށް "  ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

 ތާއީދު ކުރެއްވި: ކައުންސިލަރ، އާމިނަތު ސަލްމާ

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ، މުޙައްމަދު ފައިޞަލް  

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00 ވޯޓް.

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 10 ވޯޓް

ވޯޓުގައި ބައިވެރިވި: 10 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B (4)/2023/067

ތާރީޚް: 31 މޭއި 2023