އައްޑޫސިޓީ ކައުންސިލްގެ އިދާރާ

2 އަހަރު ދުވަހުގެ މުއްދަތަށް ޕްލޭނިންގ ކޮންސަލްޓެންޓަކު ހޯދުމަށް އެދި

31 މޭއި 2023     


ކައުންސިލްގެ ނިންމުން

 

ނިންމުން ނަންބަރު: 426-B (4)/2023/070

ބޭއްވުނު ތާރީޚް:  31 މޭއި 2023

ޖަލްސާ:2023  ވަނަ އަހަރުގެ 23 ވަނަ ރަސްމީ ޖަލްސާ ( 4ވަނަ ކައުންސިލްގެ 102 ވަނަ ޖަލްސާ)

މައްސަލަ

ހުށަހެޅުނު މައްސަލަ:  

2 އަހަރު ދުވަހުގެ މުއްދަތަށް ޕްލޭނިންގ ކޮންސަލްޓެންޓަކު ހޯދުމަށް

މައްސަލަ ހުށަހެޅި ފަރާތް:  އެޗް.އާރު ސެކްޝަން

ނިންމުން

މައްސަލަ ނިމުނުގޮތް:

" މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، އައްޑޫ ސިޓީގެ ލޭންޑް ޔޫސް ޕްލޭން ހެދުމަށް ބޭނުންވާ ޓެކްނިކަލް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންވާ، މަސައްކަތްތައް ކުރުމަށް ތިރީގައި ބަޔާންކޮށްފައިވާ ޝަރުތުތަކާއި އެއްގޮތަށް މުވައްޒަފެއް ނެގުމަށް ފެންނަކަމަށް "  ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

މަޤާމުގެ ޝަރުތު:

  • ސިވިލް ސަރވިސްގެ އެމް.އެސް 1 މަގާމުގެ ޝަރުތު ހަމަވުމާއެކު، ސިވިލް 3ޑީ ނުވަތަ އޮޓޯކެޑް އަދި ކޮރަލްޑްރޯ ބޭނުންކޮށްގެން ޗާރޓްކުރަހަން އެނގުމާއެކު ޖީ.އެން.އެސް.އެސް ސިސްޓަމް ބޭނުންކޮށްގެން ސަރވޭކުރަން އެނގުން.
  •  
  • ގްރޭޑް 10 ނިންމާފައިވުމާއެކު މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން 02 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުމާއެކު ސިވިލް 3ޑީ ނުވަތަ އޮޓޯކެޑް އަދި ކޮރަލްޑްރޯ ބޭނުންކޮށްގެން ޗާރޓްކުރަހަން އެނގުމާއެކު ޖީ.އެން.އެސް.އެސް ސިސްޓަމް ބޭނުންކޮށްގެން ސަރވޭކުރަން އެނގުން.
  • މަޤާމުގެ މުސާރައާއި އެލަވަންސްތައް:

މުސާރަ:

10،000.00 ރުފިޔާ

ސަރވިސް އެލަވަންސް:

2،000.00 ރުފިޔާ

ސްޕެޝަލް ޑިއުޓީ އެލަވަންސް:

މުސާރައިގެ %35

އިތުރުގަޑީގެ އެލަވަންސް:

މުސާރައިގެ %30

 
މަޤާމުގެ ތަޢުލީމީ ރޮނގުތައް:  

 -  އާރބަން ޕްލޭނިންގ

 -  އާބަން ސްޓަޑީޒް

 ގުޅޭ ތަޖުރިބާގެ ދާއިރާ:

  • އާރބަން ޕްލޭނިންގ
  • ސަރވޭއިން
  • ލޭންޑް ޔޫސް ޕްލޭނިންގ

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • މަސައްކަތުގެ ހުނަރާއި ޤާބިލްކަން
  • ގިނަވަގުތު އޮފީހުގައި މަސައްކަތްކުރެވޭނެ މީހެއްކަމުގައިވުން
  • ރަށުގެ ބިމާގުޅޭ މަޢުލޫމާތު ރަނގަޅަށް އެނގޭ ފަރާތަކަށްވުން

 ތާއީދު ކުރެއްވި: ކައުންސިލަރ، އަޙްމަދު ނާދިރު

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ، މުޙައްމަދު ފައިޞަލް

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 01 ވޯޓް.

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 09 ވޯޓް

ވޯޓުގައި ބައިވެރިވި: 09 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B (4)/2023/070

ތާރީޚް: 31 މޭއި 2023