އައްޑޫސިޓީ ކައުންސިލްގެ އިދާރާ

މަރަދޫފޭދޫ އަވަށުން 1 ބިން ކުއްޔަށް ދޫކުރުމާއި ގުޅޭ މައްސަލަ އާއިމެދު ގޮތެއް ނިންމަވައި ދެއްވުމާއި ގުޅޭ

14 ޖޫން 2023     


ކައުންސިލްގެ ނިންމުން

 

ނިންމުން ނަންބަރު: 426-B (4)/2023/073

ބޭއްވުނު ތާރީޚް:  14 ޖޫން 2023

ޖަލްސާ:2023  ވަނަ އަހަރުގެ 25 ވަނަ ރަސްމީ ޖަލްސާ ( 4ވަނަ ކައުންސިލްގެ 104 ވަނަ ޖަލްސާ)

މައްސަލަ

ހުށަހެޅުނު މައްސަލަ:  

މަރަދޫފޭދޫ އަވަށުން 1 ބިން ކުއްޔަށް ދޫކުރުމަށް ކުރެވުނު ނަންބަރު: (IUL)426-AE/426/2023/175 އިޢްލާނާއި ގުޅިގެން ހުށަހެޅިފައިވާ ބިޑު އިވެލުއޭޓްކުރެވިފައިވާތީ، އިވެލުއޭޝަންގައި އެންމެ މަތިން މާކްސް ލިބިފައިވާ ފަރާތަށް ބިޑު އެވޯޑުކުރުމާއިމެދު ކައުންސިލަށް ފެނިވަޑައިގަންނަވާ ގޮތެއް ނިންމަވައި ދެއްވުމަށް

މައްސަލަ ހުށަހެޅި ފަރާތް:  ލޭންޑް ސެކްޝަން 

ނިންމުން

މައްސަލަ ނިމުނުގޮތް:

" މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، ލޭންޑް އިވެލުއޭޝަން ކޮމިޓީގެ 3 ވަނަ ބައްދަލުވުމުގެ ޔައުމިއްޔާ އާއި  ރިޕޯޓަށް ރިޢާޔަތްކޮށް މަރަދޫފޭދޫ އަވަށުން 1 ބިން ކުއްޔަށް ދޫކުރުމަށް ކުރެވުނު ނަންބަރު: (IUL)426-AE/426/2023/175 އިޢްލާނާއި ގުޅިގެން ބިމުގެ ނަންބަރު 2 އަށް ހުށަހަޅާފައިވާ ޕްރޮޕޯސަލް ދިރާސާކުރުމަށްފަހު، އިވެލުއޭޝަންގައި އެންމެ މަތިން މާކްސް ލިބިފައިވާ އާރާމް ޕްރައިވެޓް ލިމިޓެޑުއަށް ބިޑު އެވޯޑުކުރުމާއިމެދު ކައުންސިލަށް ފެނިވަޑައިގަންނަވާ ގޮތެއް ނިންމަވައި ދެއްވުން ފެންނަކަމަށް "  ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

 ތާއީދު ކުރެއްވި: ކައުންސިލަރ، އިބްރާހީމް ޝިނާޒް

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ، އަޙްމަދު ނާދިރު

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 03 ވޯޓް.

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 08 ވޯޓް

ވޯޓުގައި ބައިވެރިވި: 08 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B (4)/2023/073

ތާރީޚް: 14 ޖޫން 2023