އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫސިޓީ ހިތަދޫގައި ރިކްރިއޭޝަނަލް އޭރިއާއެއް ކަނޑައެޅުމާއި ގުޅޭ

14 މޭއި 2023     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B (4)/2023/076

ބޭއްވުނު ތާރީޚް:  14 ޖޫން 2023

ޖަލްސާ:2023  ވަނަ އަހަރުގެ 25 ވަނަ ރަސްމީ ޖަލްސާ ( 4ވަނަ ކައުންސިލްގެ 104 ވަނަ ޖަލްސާ)

މައްސަލަ

ހުށަހެޅުނު މައްސަލަ:  

އައްޑޫސިޓީ ހިތަދޫ ގައި ރިކްރިއޭޝަނަލް އޭރިއާ އެއްގެ ގޮތުގައި ސަރަޙައްދެއް ކަނޑައަޅައި، ރިކްރިއޭޝަނަލް ޑައިވިންގ ސެންޓަރ، ވޯޓަރ ސްޕޯރޓްސްގެ ޚިދުމަތާއި އަދި އެކްސްކާޝަން ސެންޓަރާއި ގެސްޓް ޝޮޕްގެ ޚިދުމަށް ދިނުމަށް މަރުކަޒްތަކާއި ޓޫރިސްޓް ހިދުމަތްދޭ ތަންތަން ޤާއިމް ކުރުމަށް އާއްމު ފަރާތްތަކަށް ހިތަދޫ އަވަށުން ކުލީބިން ދޫކުރުން

މައްސަލަ ހުށަހެޅި ފަރާތް:  ކައުންސިލަރ ޙުސައިން ޒަރީރު

ނިންމުން

މައްސަލަ ނިމުނުގޮތް:

" މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، މައްސަލައާއެކު ހުށަހަޅާފައިވާ ޗާޓުގައިވާ ސަރަޙައްދުތައް އައްޑޫގެ ބިނާވެށި ޕްލޭންގައި ހިމަނައި، ބިނާވެށި ޕްލޭން ވީހާވެސް އަވަހަށް ނިންމާ، ބިންތައް އިއުލާން ކުރުމަށް ފެންނަކަމަށް "  ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އަޢްލަބިއްޔަތުން މި ހުށަހެޅުން ފާސްކުރެވުނެވެ.

 ތާއީދު ކުރެއްވި: ކައުންސިލަރ، އިބްރާހީމް ޝިނާޒް

ހުށަހެޅުން ހުށަހެޅި:  ޑެޕިއުޓީ މޭޔަރ، މުޙައްމަދު ޝުޢާއު  

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 03 ވޯޓް.

ނުފެންނަކަމަށް: 02 ވޯޓް.

ފެންނަކަމަށް: 06 ވޯޓް

ވޯޓުގައި ބައިވެރިވި: 08 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B (4)/2023/076

ތާރީޚް: 14 މޭއި 2023