އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ހެލްތް އިންޝުއަރެންސް ސްކީމުގެ ޕްރިމިއަމް ފައިސާ އިންޝުއަރެންސް ކުންފުންޏަށް ދައްކާނެ ގޮތެއް ހަމަޖެއްސުމާއި ގުޅޭ

21 ޖޫން 2023     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B (4)/2023/077

ބޭއްވުނު ތާރީޚް:  21 ޖޫން 2023

ޖަލްސާ:2023  ވަނަ އަހަރުގެ 26 ވަނަ ރަސްމީ ޖަލްސާ ( 4ވަނަ ކައުންސިލްގެ 105 ވަނަ ޖަލްސާ)

މައްސަލަ

ހުށަހެޅުނު މައްސަލަ:  

މިއިދާރާގެ މުވައްޒަފުންނަށް ދޫކުރުމަށް ހަމަޖެހިފައިވާ ހެލްތް އިންޝުއަރެންސް ސްކީމުގެ ޕްރިމިއަމް ފައިސާ އިންޝުއަރެންސް ކުންފުންޏަށް ދައްކާނެ ގޮތެއް ހަމަޖެއްސުމަށް

މައްސަލަ ހުށަހެޅި ފަރާތް:  އެޗް.އާރު ސެކްޝަން

ނިންމުން

މައްސަލަ ނިމުނުގޮތް:

" މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، ލޯނެއްގެ ގޮތުގައި މުވައްޒަފުންނާއި ކައުންސިލް މެމްބަރުން ހިމެނޭގޮތަށް،  ޓްރަސްޓް ފަންޑުން 01 މިލިއަން ރުފިޔާގެ ލޯނުގެ އިންޓްރެސްޓް ރޭޓް  %5 އިން %2 އަށް ކުޑަކޮށް، އިންޝުއަރެންސް ޕޭމަންޓް ހެދުމަށާއި،  އެއްފަހަރާ ޕްރިމިއަމް ފައިސާ ދެއްކެން ނެތް މުވައްޒަފުންނަށް ޕްރިމިއަމްގެ ގޮތުގައި ދައްކަންޖެހޭ 3150.00 ރުފިޔާގެ އިތުރަށް %2 އަށްވާ 63 ރުފިޔާ އިތުރުކޮށް، ޖުމްލަ 3213 ރުފިޔާ އަކީ ޕްރިމިއަމްކަމަށް ކަނޑައަޅައި، ފުރަތަމަ މަހު ކޮންމެ މުވައްޒަފަކުވެސް 500.00 ރުފިޔާ ދެއްކުމަށްފަހު ބާކީ 2713 ރުފިޔާ 11 މަސްދުވަހަށް ބަހާފައި ކޮންމެ މަހަކު މުސާރައިން 246.64 ރުފިޔާ ދެއްކުމަށް މުވައްޒަފުންގެ މުސާރައިން އުނިކުރުމަށާއި، އަދި ކޮންމެ އަހަރެއްގައި އާކުރާ އިންޝުއަރެންސަށް މިގޮތުގެ މަތިން ޕޭމަންޓް ހެދުމަށް ފެންނަކަމަށް "  ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ

 ތާއީދު ކުރެއްވި: ކައުންސިލަރ، އަޙްމަދު ސަޢީދު

ހުށަހެޅުން ހުށަހެޅި:  ޑެޕިއުޓީ މޭޔަރ، މުޙައްމަދު ޝުޢާއު

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ:  01 ވޯޓް

ނުފެންނަކަމަށް:  00 ވޯޓް

ފެންނަކަމަށް: 08 ވޯޓް

ވޯޓުގައި ބައިވެރިވި: 08 ވޯޓް




ބާވަތް: ނިންމުން

ދައުރު: ދެވަނަ ދައުރު

ނަންބަރ: 426-B (4)/2023/077

ތާރީޚް: 21 ޖޫން 2023