ކައުންސިލްގެ ނިންމުން
ނިންމުން ނަންބަރު: 426-B (4)/2023/082 |
|
ބޭއްވުނު ތާރީޚް: 05 ޖުލައި 2023 |
ޖަލްސާ:2023 ވަނަ އަހަރުގެ 27 ވަނަ ރަސްމީ ޖަލްސާ ( 4ވަނަ ކައުންސިލްގެ 106 ވަނަ ޖަލްސާ) |
މައްސަލަ |
||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމިޓީގެ ރަސްމީ 40 ވަނަ ބައްދަލުވުމުގައި ނިންމަވާފައިވާ، ލަފާ ދީފައިވާ މައްސަލަތައް ކުރިއަށް ގެންދިއުމާމެދު ގޮތެއް ނިންމަވައި ދެއްވުން އެދި |
||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
މައްސަލަ ހުށަހެޅި ފަރާތް: ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމިޓީ |
||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ނިންމުން |
||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
މައްސަލަ ނިމުނުގޮތް: " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޣާޔަތް ކުރުމަށްފަހު، " ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމިޓީގެ 40 ވަނަ ބައްދަލުވުމުގައި ހުށަހަޅާފައިވާ މައްސަލަތައް ކޮމިޓީ އިން ނިންމާފައިވާ ގޮތަށް ކުރިއަށް ގެންދިއުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.
ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމިޓީ އިން ހުށަހަޅާފައިވާ މައްސަލަތައް 1. ޓެލެކޮމިއުނިކޭޝަން ބޭސްއެއް ހެދުމަށް ސ.މަރަދޫއިން ދިރާގަށް ދޫކޮށްފައިވާ ނަންބަރު: 95/S-3/1 ކުލީ ބިމުގެ ކުލި ރިވިއުކޮށް މިހާރު ކައުންސިލުން ހަދާފައިވާ އުޞޫލާއި އެއްގޮތަށް ކުލި ނެގުމާއި މެދު ކޮމިޓީން ނިންމާފައިވާ ގޮތަށް ކުރިއަށްގެންދިއުމަށް ފެންނަކަމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.
2. ޓެލެކޮމިއުނިކޭޝަންގެ ޙިދުމަތަށް ސ.ހުޅުދޫ އިން ދިރާގަށް ދޫކޮށްފައިވާ ނަންބަރު : 2003/S-6-1/56 ކުލީ ބިމުގެ ކުލި ރިވިއުކޮށް މިހާރު ކައުންސިލުން ހަދާފައިވާ އުޞޫލާއި އެއްގޮތަށް ކުލި ނެގުމާއި މެދު ކޮމިޓީން ނިންމާފައިވާ ގޮތަށް ކުރިއަށްގެންދިއުމަށް ފެންނަކަމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.
3. ޓެލެކޮމިއުނިކޭޝް ބޭސްއެއް ހެދުމަށް ސ.ފޭދޫ އިން ދިރާގަށް ދޫކޮށްފައިވާ 2000 އަކަފޫޓްގެ ކުލީ ބިމުގެ ކުލި ރިވިއުކޮށް މިހާރު ކައުންސިލުން ހަދާފައިވާ އުޞޫލާއި އެއްގޮތަށް ކުލި ނެގުމާއި މެދު ކޮމިޓީން ނިންމާފައިވާ ގޮތަށް ކުރިއަށްގެންދިއުމަށް ފެންނަކަމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.
4. ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑްގެ ގޮއްޕެއް ޤާއިމް ކުރުމަށް ސ.މީދޫ އިން ދޫކޮށްފައިވާ ނަންބަރު: 97/S-1/01 ކުލީ ބިމުގެ ކުލި ރިވިއުކޮށް މިހާރު ކައުންސިލުން ހަދާފައިވާ އުޞޫލާއި އެއްގޮތަށް ކުލި ނެގުމާއި މެދު ކޮމިޓީން ނިންމާފައިވާ ގޮތަށް ކުރިއަށްގެންދިއުމަށް ފެންނަކަމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.
5. އައްޑޫސިޓީ މަރަދޫފޭދޫ ގުލްޝަންވިލާ/ ޙަސަން ނަޖުމީއަށް މަރަދޫފޭދޫން ކުއްޔަށް ދޫކޮށްފައިވާ ނަންބަރު (AGR)426-EA/INDIV/2015/43 އެއްބަސްވުމުގެ ދަށުން އެބިމުގައި ޑައިވިން ސްކޫލެއް ހިނގުމާއި އަދި އެފަދަ ހަރަކާތްތަކާއި ގުޅުން ހުރި ވިޔަފާރި ކުރުމާއި މެދު އިޢުތިރާސެއް ނެތް ކަމުގެ ލިޔުމެއް ހޯދުމަށް އެދިފައިވާ މައްސަލަ ކޮމިޓީން ނިންމާފައިވާ ގޮތަށް ކުރިއަށްގެންދިއުމަށް ފެންނަކަމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.
6. އިބްރާޙިމް ޞަބްރީ ބިންބިމާގޭ/ ސ.ހިތަދޫ އާއި ދެމެދު ވެވިފައިވާ ނަންބަރު: 426-PD/S2/2012/51 އެއްބަސްވުމުގެ ދަށުން ކުލީ ގެ ގޮތުގައި ދައްކަން ޖެހިފައވާ 8 މަސް ދުވަހުގެ ކުލި 18 މަސްދުވަހަށް ބައިކޮށް ކޮންމެ މަހެއްގެ ކުލިއާއި އެއްކޮށް ދެއްކޭން ގޮތަށް އެދިފައިވާ މައްސަލަ ކޮމިޓީން ނިންމާފައިވާ ގޮތަށް ކުރިއަށްގެންދިއުމަށް ފެންނަކަމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.
7. ހިތަދޫ "ފެޅިގާ" މުޙައްމަދު ނަސީމު ގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ " ދެރަހަ ގޯތި ކުރިން ސ.ހިތަދޫ ވާރޭވިލާ މުޙައްމަދު އިބްރާޙިމް ގެ ނަމުގައި އޮތް "އަރިނަގާ" ގޯއްޗަށް ބަދަލުކޮށްދެއްވުމަށް މުޙައްމަދު ނަސީމު އެދިފައިވާ މައްސަލަ ކޮމިޓީން ނިންމާފައިވާ ގޮތަށް ކުރިއަށްގެންދިއުމަށް ފެންނަކަމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.
8. ޓެލެކޮމިއުނިކޭޝަންގެ ޙިދުމަތަށް ސ.ފޭދޫ އިން އުރީދޫ މޯލްޑިވްސްއަށް ދޫކޮށްފައިވާ 2743.72 އަކަފޫޓްގެ ކުލީ ބިމުގެ ކުލި ރިވިއުކޮށް މިހާރު ކައުންސިލުން ހަދާފައިވާ އުޞޫލާއި އެއްގޮތަށް ކުލި ނެގުމާއި މެދު ކޮމިޓީން ނިންމާފައިވާ ގޮތަށް ކުރިއަށްގެންދިއުމަށް ފެންނަކަމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.
|
ނިންމުން ޑައުންލޯޑް ކުރެއްވުމަށް
ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމިޓީގެ 40 ވަނަ ބައްދަލުވުމުގައި ނިންމަވާފައިވާ، ލަފާ ދީފައިވާ މައްސަލަތަކާއި މެދު ގޮތެއް ނިންމަވައި ދެއްވުން އެދި