އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ކައުންސިލުން ހިނަވާގެ އެޅުމަށް ހިތަދޫއިން ކަނޑައަޅާފައިވާ ބިން ޖަމިއްޔަތުލް ޢުލަމާ އާއި ޙަވާލުކޮށްދިނުމަށް އެދި ހުށަހަޅާ މައްސަލަ

25 އޮކްޓޯބަރ 2023     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B (4)/2023/109

ބޭއްވުނު ތާރީޚް: 30 އޮގަސްޓް2023  

ޖަލްސާ:2023  ވަނަ އަހަރުގެ 34 ވަނަ ރަސްމީ ޖަލްސާ ( 4ވަނަ ކައުންސިލްގެ 113 ވަނަ ޖަލްސާ)

 

މައްސަލަ

ހުށަހެޅުނު މައްސަލަ:  

ޖަމިއްޔަތުލް ޢުލަމާ އިން ހިތަދޫގައި ހިނަވާގެއެއް އެޅުމައްޓަކައި، ކައުންސިލުން ހިނަވާގެ އެޅުމަށް ހިތަދޫއިން ކަނޑައަޅާފައިވާ ބިން އެ ޖަމިއްޔާ އާއި ޙަވާލުކޮށްދިނުމަށް އެދި ހުށަހަޅާ މައްސަލަ

މައްސަލަ ހުށަހެޅި ފަރާތް: ޕްލޭނިންގ ސެކްޝަނުން

ނިންމުން

މައްސަލަ ނިމުނުގޮތް:

މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، ހިތަދޫގައި ހިނަވާގެ ޤާއިމްކުރުމަށް ކައުންސިލުން ކަނޑައަޅާފައިވާ ބިމުގައި (ކަނދުވަލުމަގުގެ ހުޅަނގުން ފެނަކަ އޯވަހެޑް ވޯޓަރ ޓޭންކްއާއި ޖެހިގެން އުތުރަށް ވާގޮތަށް އޮތް 100 × 50 (5000 އަކަފޫޓު) ބިން) ހިނަވާގެއެއް ތަރައްޤީކުރުމައްޓަކައި ޖައްމިއްޔަތުއް އުލަމާއާއި ހަވާލުކުރުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

 ތާއީދު ކުރެއްވި: ކައުންސިލަރ، މަރިޔަމް ސަޢީދާ

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ، އާމިނަތު އަދާލާ ރަޝީދު    

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ:  01 ވޯޓް

ނުފެންނަކަމަށް:  00 ވޯޓް

ފެންނަކަމަށް: 09 ވޯޓް

ވޯޓުގައި ބައިވެރިވި: 09 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B (4)/2023/109

ތާރީޚް: 25 އޮކްޓޯބަރ 2023