އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ކޮންޓްރެކްޓް މުވައްޒަފުންނަށް ޗުއްޓީ ދިނުމުގައި ކުރިން އަމަލުކުރަމުންދާ އުސޫލުތަކާއި އެއްގޮތަށް ޗުއްޓީ ދިނުމާއި މެދު ކައުންސިލުން ގޮތެއް ނިންމުން

25 އޮކްޓޯބަރ 2023     


ކައުންސިލްގެ ނިންމުން

 

ނިންމުން ނަންބަރު: 426-B (4)/2023/127

ބޭއްވުނު ތާރީޚް:25އޮކްޓޯބަރ 2023

ޖަލްސާ:2023  ވަނަ އަހަރުގެ 40 ވަނަ ރަސްމީ ޖަލްސާ ( 4ވަނަ ކައުންސިލްގެ 119 ވަނަ ޖަލްސާ)

މައްސަލަ

ހުށަހެޅުނު މައްސަލަ:  

އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ ކޮންޓްރެކްޓް މުވައްޒަފުންނަށް ޗުއްޓީ ދިނުމުގައި ކުރިން އަމަލުކުރަމުންދާ އުސޫލުތަކާއި އެއްގޮތަށް ޗުއްޓީ ދިނުމާއި މެދު ކައުންސިލުން ގޮތެއް ނިންމުމަށް އެދި ހުށަހަޅާ މައްސަލަ

މައްސަލަ ހުށަހެޅި ފަރާތް: ޑެޕިއުޓީ މޭޔަރ، މުޙައްމަދު ޝުޢާއު

ނިންމުން

މައްސަލަ ނިމުނުގޮތް:

 " މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި މައްސަލައިގައި ފާހަގަކޮށްފައިވާ ކަންކަމަށް ރިއާޔަތްކުރުމަށްފަހު،ކޮންޓްރެކްޓް މުވައްޒަފުންގެ ތެރެއިން 02 އަހަރު ދުވަހަށްވުރެ ގިނަ ދުވަހު ވަޒީފާ އަދާކޮށްފައިވާ ފަރާތްތަކުގެ ވަޒީފާގެ އެއްބަސްވުމުގެ މުއްދަތު ހަމަވެ، އެ މަޤާމަށް އަލުން އިއުލާންކުރުމުން ކުރިމަތިލައި، އެމަޤާމުގައި މިހާރުވެސް ހުރި މުވައްޒަފު ހޮވޭ ޙާލަތުގައި އެ މުވައްޒަފުންނަށް ޙައްޤުވާ އަހަރީ ޗުއްޓީ ފައިސާ ދިނުމުގެ ބަދަލުގައި ކުރިންވެސް މިއިދާރާއިން ޢަމަލުކުރަމުން އައިގޮތަށް، ޗުއްޓީއަށް އެދޭ މުވައްޒަފުންނަށް ޗުއްޓީދިނުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން  ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

 ތާއީދު ކުރެއްވި: ކައުންސިލަރ، މުޙައްމަދު ފަޢިޞަލް

ހުށަހެޅުން ހުށަހެޅި:  ޑެޕިއުޓީ މޭޔަރ، މުޙައްމަދު ޝުޢާއު

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00 ވޯޓް

ނުފެންނަކަމަށް:  00 ވޯޓް

ފެންނަކަމަށް: 08 ވޯޓް

ވޯޓުގައި ބައިވެރިވި: 08 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B (4)/2023/127

ތާރީޚް: 25 އޮކްޓޯބަރ 2023