އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ދިރިއުޅުމަށް ދޫކުރެވިފައިވާ ބައެއް ބަންޑާރަ ގޯތި އެންގިފައިވާ އެންގުންތަކާއި އެއްގޮތަށް ސާފުކޮށް ބަލަހައްޓަމުން ނުދާތީ ހުށަހަޅާ މައްސަލަ

1 ނޮވެމްބަރ 2023     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B (4)/2023/129

ބޭއްވުނު ތާރީޚް:01 ނޮވެމްބަރ 2023

ޖަލްސާ:2023  ވަނަ އަހަރުގެ 41 ވަނަ ރަސްމީ ޖަލްސާ ( 4ވަނަ ކައުންސިލްގެ 120 ވަނަ ޖަލްސާ)

 

މައްސަލަ

ހުށަހެޅުނު މައްސަލަ:  

ދިރިއުޅުމަށް ދޫކުރެވިފައިވާ ބައެއް ބަންޑާރަ ގޯތި ތަކާއި ބައެއް އަމިއްލަ ގޯތިތަކާއި އަދި އެކި ބޭނުންތަކަށް ދޫކުރެވިފައިވާ ބިންތައް، އެބިންތަކާއި ގޯތިތަކުގެ ވެރި ފަރާތްތަކުން، ހެދިފައިވާ ޤަވާއިދުތަކާއި، އެންގިފައިވާ އެންގުންތަކާއި އެއްގޮތަށް ސާފުކޮށް ބަލަހައްޓަމުން ނުދާތީ، މިކަމަކީ ރަށުގެ ރީތިކަމާއި ސާފުތާހިރުކަމަށް ހުރަސްއެޅޭ ކަމަކަށް ވާތީ ހުށަހަޅާ މައްސަލަ.

މައްސަލަ ހުށަހެޅި ފަރާތް: ފޭދޫ އަވަށު އޮފީސް

ނިންމުން

މައްސަލަ ނިމުނުގޮތް:

 " މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި މައްސަލައިގައި ފާހަގަކޮށްފައިވާ ކަންކަމަށް ރިއާޔަތްކުރުމަށްފަހު، ކައުންސިލުން މިހާތަނަށް ނިންމާފައިވާ ނިންމުންތައް ތަންފީޒުކޮށް މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން  ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ މެދުގައި ވޯޓު ހަމަހަމަ-އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

 ތާއީދު ކުރެއްވި: ކައުންސިލަރ، އަޙްމަދު ސަޢީދު

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ، ޙުސައިން ޒަރީރު

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ:  03 ވޯޓް

ނުފެންނަކަމަށް:  03 ވޯޓް

ފެންނަކަމަށް: 04 ވޯޓް

ވޯޓުގައި ބައިވެރިވި: 07 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B (4)/2023/129

ތާރީޚް: 1 ނޮވެމްބަރ 2023