އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ފޭދޫ އަވަށުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން ބޭނުންވާ ލައިބްރަރީ އެޅުމަށް ބިމެއް ދޫކުރުން

9 ނޮވެމްބަރ 2023     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B (4)/2023/136

ބޭއްވުނު ތާރީޚް:09 ނޮވެމްބަރ 2023

ޖަލްސާ:2023  ވަނަ އަހަރުގެ 42 ވަނަ ރަސްމީ ޖަލްސާ ( 4ވަނަ ކައުންސިލްގެ 121 ވަނަ ޖަލްސާ)

މައްސަލަ

ހުށަހެޅުނު މައްސަލަ:  

ފޭދޫ އަވަށުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން ބޭނުންވާ ލައިބްރަރީ އެޅުމަށް ބިމެއް ދޫކުރުން

މައްސަލަ ހުށަހެޅި ފަރާތް: ފޭދޫ އަވަށު އޮފީސް

ނިންމުން

މައްސަލަ ނިމުނުގޮތް:

 " މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި މައްސަލައިގައި ފާހަގަކޮށްފައިވާ ކަންކަމަށް ރިއާޔަތްކުރުމަށްފަހު، ފޭދޫ އަވަށުގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން އެޅުމަށް ބޭނުންވާ ލައިބްރަރީއަށް 2000 އަކަފޫޓުގެ ބިމެއް، ފޭދޫ ލޭންޑް ޔޫސް ޕްލޭންގައި ހިމަނައިގެން ދޫކުރުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން  ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

 ތާއީދު ކުރެއްވި: ކައުންސިލަރ، ޙުސައިން ޒަރީރު

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ، މުޙައްމަދު ފައިޞަލް

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 01 ވޯޓް

ނުފެންނަކަމަށް:  00 ވޯޓް

ފެންނަކަމަށް: 08 ވޯޓް

ވޯޓުގައި ބައިވެރިވި: 08 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B (4)/2023/136

ތާރީޚް: 9 ނޮވެމްބަރ 2023