އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ފޭދޫ، މަރަދޫފޭދޫ ކުލީ ބިމުގެ ބިޑު އިވެލުއޭޝަންގައި އެންމެ މަތިން މާކްސް ލިބިފައިވާ ފަރާތައް ބިޑު އެވޯޑުކުރުމާއިމެދު ގޮތެއް ނިންމުމާއި ގުޅޭ

15 ނޮވެމްބަރ 2023     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B (4)/2023/137

ބޭއްވުނު ތާރީޚް:15 ނޮވެމްބަރ 2023

ޖަލްސާ:2023  ވަނަ އަހަރުގެ 43 ވަނަ ރަސްމީ ޖަލްސާ ( 4ވަނަ ކައުންސިލްގެ 121 ވަނަ ޖަލްސާ)

 

މައްސަލަ

ހުށަހެޅުނު މައްސަލަ:  

އައްޑޫ ސިޓީ ފޭދޫ އަވަށުން 4 ބިމާއި  މަރަދޫފޭދޫ އަވަށުން 1 ބިން ކުއްޔަށް ދޫކުރުމަށް ކުރެވުނު ނަންބަރު: (IUL)426-AE/426/2023/354 އިޢުލާނުގެ ދަށުން ސ.ފޭދޫގެ ކުލީ ބިން E3 ، ސ.މަރަދޫފޭދޫގެ ކުލީ ބިން 3 އަށް ހުށަހެޅި ބިޑުތަކުގެ ތެރެއިން، އިވެލުއޭޝަންގައި އެންމެ މަތިން މާކްސް ލިބިފައިވާ ފަރާތައް ބިޑު އެވޯޑުކުރުމާއިމެދު ކައުންސިލަށް ފެނިވަޑައިގަންނަވާ ގޮތެއް ނިންމަވައި ދެއްވުމަށް

މައްސަލަ ހުށަހެޅި ފަރާތް: ލޭންޑް އިވެލުއޭޝަން ކޮމިޓީ 

ނިންމުން

މައްސަލަ ނިމުނުގޮތް:

    " މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި މައްސަލައިގައި ފާހަގަކޮށްފައިވާ ކަންކަމަށް ރިއާޔަތްކުރުމަށްފަހު،  އައްޑޫ ސިޓީ ފޭދޫ އަވަށުން 4 ބިމާއި  މަރަދޫފޭދޫ އަވަށުން 1 ބިން ކުއްޔަށް ދޫކުރުމަށް  ކުރެވުނު ނަންބަރު: (IUL)426-AE/426/2023/354 އިޢުލާނުގެ ދަށުން 10 އަހަރު ދުވަހުގެ މުއްދަތަށް ކުލީ ބިން ކުއްޔަށް ދޫކުރުމަށް ހުޅުވާލުމުން؛

  • ސ.މަރަދޫފޭދޫގެ ކުލީ ބިން 3 ގެ އިވެލުއޭޝަން ރިޕޯޓުގައި އިދާރީ މައްސަލަތަކެއް ހުރުމުން އެމައްސަލަތައް އިސްލާހުކުރުމަށްފަހު ދެން އޮންނަ ޖަލްސާއަކަށް މައްސަލަ ހުށަހެޅުމަށާއި،
  • އަދި ސ.ފޭދޫގެ ކުލީ ބިން E3 އަށް ހުށަހެޅި ބިޑުތައް އިވެލުއޭޓް ކުރުމުން އިވެލުއޭޝަންގައި އެންމެ މަތިން މާކްސް ލިބިފައިވާ ސ.ފޭދޫ ގާވިޔާ، ޒަކަރިއްޔާ ޙުސައިން އަށް ބިޑު އެވޯޑުކުރުމަށް

ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.

 ތާއީދު ކުރެއްވި: ކައުންސިލަރ، މަރްޔަމް ސަޢީދާ

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ، އަޙްމަދު ނާދިރު

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ:01  ވޯޓް

ނުފެންނަކަމަށް: 00 ވޯޓް

ފެންނަކަމަށް: 08 ވޯޓް

ވޯޓުގައި ބައިވެރިވި: 08 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B (4)/2023/137

ތާރީޚް: 15 ނޮވެމްބަރ 2023