އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމިޓީގެ 45 ވަނަ ބައްދަލުވުމުގައި ނިންމަވާފައިވާ، ލަފާ ދީފައިވާ މައްސަލަތަކާއި މެދު ގޮތެއް ނިންމަވައި ދެއްވުން އެދި

15 ނޮވެމްބަރ 2023     


ކައުންސިލްގެ ނިންމުން

 

ނިންމުން ނަންބަރު: 426-B (4)/2023/139  

ބޭއްވުނު ތާރީޚް:15 ނޮވެމްބަރ 2023

ޖަލްސާ:2023  ވަނަ އަހަރުގެ 43 ވަނަ ރަސްމީ ޖަލްސާ ( 4ވަނަ ކައުންސިލްގެ 121 ވަނަ ޖަލްސާ)

 

މައްސަލަ

ހުށަހެޅުނު މައްސަލަ:  

ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމިޓީގެ ރަސްމީ 45 ވަނަ ބައްދަލުވުމުގައި ނިންމަވާފައިވާ، ލަފާ ދީފައިވާ މައްސަލަތައް ކުރިއަށް ގެންދިއުމާމެދު ގޮތެއް ނިންމަވައި ދެއްވުން އެދި.

މައްސަލަ ހުށަހެޅި ފަރާތް: ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމިޓީ

ނިންމުން

މައްސަލަ ނިމުނުގޮތް:

" މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޣާޔަތް ކުރުމަށްފަހު، " ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމިޓީގެ 54 ވަނަ ބައްދަލުވުމުގައި ހުށަހަޅާފައިވާ މައްސަލަތައް ކޮމިޓީ އިން ނިންމާފައިވާ ގޮތަށް ކުރިއަށް ގެންދިއުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

 ތާއީދު ކުރެއްވި: ކައުންސިލަރ ، އަޙްމަދު ނާދިރު

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ ، އާމިނަތު ސަލްމާ

 

ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމިޓީ އިން ހުށަހަޅާފައިވާ މައްސަލަތައް

1. ސ.މަރަދޫ، ސޭބުމާގެ އިބްރާހީމް ދީދީ،  އާއި ދެމެދު ވެވިފައިވާ ނަންބަރު: 426-PD/2013/53 އެއްބަސްވުމުން ދޫކޮށްފައިވާ ކުލީ ބިމުގެ މުއްދަތު އިތުރުކުރުމާއިމެދު ކޮމިޓީން ނިންމާފައިވާ ގޮތަށް ކުރިއަށްގެންދިއުމަށް ފެންނަކަމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން  ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ވޯޓް ދެއްވި ގޮތް

ވޯޓުގައި ބައިވެރިވި: 09 ވޯޓު

ފެންނަކަމަށް: 09 ވޯޓް

ނުފެންނަކަމަށް: 00 ވޯޓް

ބައިވެރިވެވަޑައިނުގަންނަވާ: 00

 
2. ސ.މަރަދޫ، އަލިހަނދު ޢަބްދުﷲ ހުޒާމް އާއި ދެމެދު ވެވިފައިވާ ނަންބަރު: (AGR)426-AB/INDIV/2022/146 އެއްބަސްވުމުން ދޫކޮށްފައިވާ ކުލީބިމާއި އަދި ނަންބަރު (AGR)426-AB/INDIV/2022/147 އެއްބަސްވުމުން ދޫކޮށްފައިވާ ކުލީ ބިމުގެ މުއްދަތު އިތުރުކުރުމާއިމެދު ކޮމިޓީން ނިންމާފައިވާ ގޮތަށް ކުރިއަށްގެންދިއުމަށް ފެންނަކަމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން  ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.
 

ވޯޓް ދެއްވި ގޮތް

ވޯޓުގައި ބައިވެރިވި: 09 ވޯޓު

ފެންނަކަމަށް: 09 ވޯޓް

ނުފެންނަކަމަށް: 00 ވޯޓް

ބައިވެރިވެވަޑައިނުގަންނަވާ: 00

 
 
3. ސ.މަރަދޫފޭދޫ، ލިލީމާގެ މުޙައްމަދު ޒާހިރު އާއި ދެމެދު ވެވިފައިވާ ނަންބަރު 426-PD/S5/2012/30  އެއްބަސްވުމުން ދޫކޮށްފައިވާ ކުލީ ބިމުގެ މުއްދަތު އިތުރުކޮށް އެކުލަވޭލެވޭ އެއްބަސްވުމުގައި 6 މަސްދުވަހުގެ ތެރޭގައި ތަނުގެ ޙިދުމަތް ފެށުމަށްޓަކައި މަސައްކަތް ކުރިއަށް ދާނެގޮތުގެ ވޯކް ޝެޑިއުލްއެއް ހިމެނުމަށް ކައުންސިލުން ނިންމާފައިވާތީވެ މި މުއްދަތަކީ އެމަސައްކަތް ނިންމާ ޙިދުމަތް ދޭން ފެށުމަށް ކުރު މުއްދަތަކަށް ވާތީވެ މަދުވެގެން 18 މަސް ދުވަހުގެ މުއްދަތެއް ހަމަޖައްސައި ދެއްވުމާއި މެދު ކޮމިޓީން ނިންމާފައިވާ ގޮތަށް ކުރިއަށްގެންދިއުމަށް ފެންނަކަމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން  ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.
 

ވޯޓް ދެއްވި ގޮތް

ވޯޓުގައި ބައިވެރިވި: 09 ވޯޓު

ފެންނަކަމަށް: 09 ވޯޓް

ނުފެންނަކަމަށް: 00 ވޯޓް

ބައިވެރިވެވަޑައިނުގަންނަވާ: 00

 



ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B (4)/2023/139

ތާރީޚް: 15 ނޮވެމްބަރ 2023