އައްޑޫސިޓީ ކައުންސިލްގެ އިދާރާ

މަރަދޫ އަވަށު ލޭންޑް ސާރވޭއަށް ބޭނުންކުރުމަށް ޖީ.އެން.އެސް.އެސް ސިސްޓަމެއް ހޯދުމަށް ބަޖެޓް ހަމަޖެއްސުމާއި ގުޅޭ

29 ނޮވެމްބަރ 2023     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B (4)/2023/140

ބޭއްވުނު ތާރީޚް:29  ނޮވެމްބަރ 2023

ޖަލްސާ:2023  ވަނަ އަހަރުގެ 44 ވަނަ ރަސްމީ ޖަލްސާ ( 4ވަނަ ކައުންސިލްގެ 123 ވަނަ ޖަލްސާ)

 

މައްސަލަ

ހުށަހެޅުނު މައްސަލަ:  

މަރަދޫ އަވަށު ލޭންޑް ސާރވޭއަށް ބޭނުންކުރުމަށް ޖީ.އެން.އެސް.އެސް ސިސްޓަމެއް ހޯދުމަށް ބަޖެޓް ހަމަޖެއްސުމަށް.

މައްސަލަ ހުށަހެޅި ފަރާތް: މަރަދޫ އަވަށު އޮފީސް

ނިންމުން

މައްސަލަ ނިމުނުގޮތް:

    " މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި މައްސަލައިގައި ފާހަގަކޮށްފައިވާ ކަންކަމަށް ރިޣާޔަތް ކުރުމަށްފަހު، މަރަދޫ އަވަށު ލޭންޑް ސާރވޭއަށް ބޭނުންކުރުމަށް މިހާރު އޭސީއާރު ހެދިފައިވާ -/150000 ރުފިޔާގެ ތެރެއިން އިކުއިޕްމަންޓްސް ހޯދުމުގެ ފައިސާ،  ރަށްވެހި ޚިދުމަތް – މަރަދޫ  ކޯޑް 226008 (ޕާކްތަކާއި ފިނިއަށި ފަދަތަންތަން އިތުރުކުރުމަށް) އިން އިދާރީ ޚިދުމަތް މަރަދޫ ކޯޑް 423002 (މެޝިނަރީއާއި އިކިއުޕްމެންޓްސް) އަށް ފައިސާ ބަދަލުކޮށް، ޖީ.އެން އެސް ސިސްޓަމް ހޯދުމަށް ބަޖެޓް ހަމަޖެއްސުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.

 ތާއީދު ކުރެއްވި: ކައުންސިލަރ، އާމިނަތު ސަލްމާ

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ، އަޙްމަދު ނާދިރު

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ:02  ވޯޓް

ނުފެންނަކަމަށް: 00 ވޯޓް

ފެންނަކަމަށް: 08 ވޯޓް

ވޯޓުގައި ބައިވެރިވި: 08 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B (4)/2023/140

ތާރީޚް: 29 ނޮވެމްބަރ 2023