އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ކައުންސިލް އިދާރާ އާއި ނޭޗަރ ޕާކުގައި ހުރި ތަކެތީގެ ނީލަންފަށާ އަގު ދައްކުރުމަށްފަހު ނީލަން ކިޔުމާއި ގުޅޭ

4 ޖެނުއަރީ 2024     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B (4)/2023/143

ބޭއްވުނު ތާރީޚް:29  ނޮވެމްބަރ 2023

ޖަލްސާ:2023  ވަނަ އަހަރުގެ 44 ވަނަ ރަސްމީ ޖަލްސާ ( 4ވަނަ ކައުންސިލްގެ 123 ވަނަ ޖަލްސާ)

 

މައްސަލަ

ހުށަހެޅުނު މައްސަލަ:  

ކައުންސިލް އިދާރާ އާއި ނޭޗަރ ޕާކުގައި ހުރި ތަކެތި  ނީލަންކިޔުމަށްޓަކައި ނީލަންފަށާ އަގު ދައްކުރުމަށްފަހު ނީލަން ކިޔުމަށް ކައުންސިލުން ގޮތެއް ނިންމަވައި ދެއްވުން އެދި

މައްސަލަ ހުށަހެޅި ފަރާތް: އެޑްމިން ސެކްޝަން

ނިންމުން

މައްސަލަ ނިމުނުގޮތް:

    " މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި މައްސަލައިގައި ފާހަގަކޮށްފައިވާ ކަންކަމަށް ރިޣާޔަތް ކުރުމަށްފަހު، ކައުންސިލް އިދާރާއާއި ނޭޗަރޕާކުގައި ހުރި ގިނަދުވަސްވެ ބޭނުންނުކުރެވޭ ހަލާކުވެފައިވާ ތަކެތި ނަންބަރ (IUL)426-CA/426/2023/336,380 އިޢުލާނުން ވަނީ ނީލަންކިޔުމަށްޓަކައި އިޢުލާނުންވެސް ތަކެތީގެ ނީލަންފަށާ އަގު ބޮޑުކަމަށްވާތީ ބައެއްތަކެތި ނީލަމުން ނަންގަވާނެ ފަރާތެއް ނުވުމުން ތިންވަނަ ފަހަރަށް ނީލަންކިޔުމަށްޓަކައި  ނީލަން ކިޔާތަކެތީގެ ފަށާ އަގަށް ބަދަލު ގެނަން ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.

 

 ތާއީދު ކުރެއްވި: ކައުންސިލަރ، މުހައްމަދު ފައިސަލް

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ، އަޙްމަދު ނާދިރު

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ:01  ވޯޓް

ނުފެންނަކަމަށް: 00 ވޯޓް

ފެންނަކަމަށް: 09 ވޯޓް

ވޯޓުގައި ބައިވެރިވި: 09 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B (4)/2023/143

ތާރީޚް: 4 ޖެނުއަރީ 2024