އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫއިން ދިރިއުޅުމަށް ގޯތި ދޫކުރުމަށް ކުރެވުނު ޢިއުލާނުގެ ދަށުން ޕޮއިންޓް ލިބުނުގޮތް ޢާއްމުކުރުމާއި، އިތުރު ގޯތި ކަނޑައެޅުމާއި ގުޅޭ

29 ނޮވެމްބަރ 2023     


ކައުންސިލްގެ ނިންމުން
 

ނިންމުން ނަންބަރު: 426-B (4)/2023/144

ބޭއްވުނު ތާރީޚް:29  ނޮވެމްބަރ 2023

ޖަލްސާ:2023  ވަނަ އަހަރުގެ 44 ވަނަ ރަސްމީ ޖަލްސާ ( 4ވަނަ ކައުންސިލްގެ 123 ވަނަ ޖަލްސާ)

 

މައްސަލަ

ހުށަހެޅުނު މައްސަލަ:  

އައްޑޫއިން ދިރިއުޅުމަށް ގޯތި ދޫކުރުމަށް ކުރެވުނު ޢިއުލާނުގެ ދަށުން ހުށައެޅިފައިވާ ފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތް ޢާއްމުކުރުމާއި، ފުރަތަމަ މަރުހަލާގެ ގޯތިތަކުގެ އިތުރުން ދޫކުރަންޖެހޭ ގޯތިތައް ދޫކުރެވޭ ތަންތަން ކަނޑައެޅުމާއި، މަރަދޫ، މަރަދޫފޭދޫ، ހުޅުދޫ އަދި މީދޫ އިން އަލަށް ގޯތި ދޫކުރާނެ ތަނާއި، އަދަދާއި، ތަން ކަނޑައެޅުމަށް

މައްސަލަ ހުށަހެޅި ފަރާތް: ލޭންޑް ސެކްޝަން

ނިންމުން

މައްސަލަ ނިމުނުގޮތް:

    " މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި މައްސަލައިގައި ފާހަގަކޮށްފައިވާ ކަންކަމަށް ރިޣާޔަތް ކުރުމަށްފަހު،

  1. އައްޑޫ ސިޓީން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމަށް ކުރެވުނު އިޢުލާންތަކުގެ ދަށުން ގޯއްޗަށް އެދި ހުށަހަޅައި، ޝަރުތު ހަމަވި ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ލިސްޓު އާންމުކުރުމަށާއި މި ލިސްޓު ޢާންމުކުރާއިރު ކުރިން ޝަރުތު ހަމަވެ، ފަހުން ލިބިފައިވާ ބޯހިޔާވަހިކަމުގެ މަޢުލޫމާތަށް ބިނާކޮށް، ޝަރުތު ހަމަނުވާކަމަށް ކަނޑައަޅާފައިވާ ފަރާތްތައް ލިސްޓުން އެނގޭނެ ފަދައިން ހިމެނުމަށާއި، ލިސްޓުގައި ދެމަފިރިން ހިމެނިފައިވާނަމަ އުސޫލުގައި ކަނޑައަޅާފައިވާ ގޮތުގެ މަތީން އެތަނުން ގޯތި ލިބޭނީ ދެމަފިރިންގެ ތެރެއިން އެއް ފަރާތަކަށް ކަމާއި، ލިސްޓުތަކުގައި އެއް އަވަށަށް ވުރެ ގިނަ އަވަށްތަކުން ގޯތި ލިބުމަށް ޝަރުތުހަމަވާ ފަރާތްތަކެއް ހިމެނޭނަމަ އެފަރާތްތަކަށް އެފަރާތުން އެދޭ އެއް އަވަށް އިޚްތިޔާރު ކުރުމަށް ފުރުޞަތު ދެވޭނެ ކަން އަންގައި ލިސްޓު އިޢުލާންކުރުމަށާއި،
  2. އައްޑޫ ސިޓީން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމަށް ކުރެވުނު އިޢުލާންތަކުގެ ދަށުން ގޯއްޗަށް އެދި ހުށަހަޅައި، ޝަރުތު ހަމަވެ، އެންމެ މަތިން މާކްސް ލިބޭ 1000 ފަރާތްތަކުގެ ތެރޭގައި ނުހިމެނޭ، ޝަރުތު ހަމަވާ ފަރާތްތަކަށް ގޯތި ދޭނެ ސަރަޙައްދު، އަދި ގޯތީގެ ބޮޑުމިން

ހިތަދޫ - އަލަށް ހިއްކި ސަރަހައްދު، 1500 އަކަފޫޓު

ފޭދޫ - ގޯތި ދިނުމަށް ކަނޑައަޅާފައިވާ ސަރަހައްދުންނާއި، މަރަދޫ އަދި މަރަދޫ ފޭދޫ އިން 300 ގޯތިއަށްވުރެ އިތުރުނުވާ ގޮތަށް އަލަށް ހިއްކި ސަރަހައްދުން، 1500 އަކަފޫޓު

ހުޅުދޫ - އަލަށް ހިއްކި ސަރަހައްދު، 1500 އަކަފޫޓު

މީދޫ - އަލަށް ހިއްކާ ސަރަހައްދު، 1500 އަކަފޫޓު

3.  އައްޑޫ ސިޓީން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމަށް ހުޅުވާލި ފުރުޞަތާ ގުޅިގެން ގިނަ ޢަދަދެއްގެ ރައްޔިތުން ކުރިމަތިލާފައިވުމާއި ގޯތި ބޭނުންވާ މީހުންގެ ޢަދަދަށް ރިޢާޔަތްކޮށް، އައްޑޫ ސިޓީން އިތުރަށް ގޯތި ދިނުމަށް ހުޅުވާލާނެ ޢަދަދު، ސަރަޙައްދު، ބޮޑުމިން

ހިތަދޫން އިތުރު ޢަދަދު 100، އަލަށް ހިއްކި ސަރަހައްދު، 1500 އަކަފޫޓު

ފޭދޫ އިން އިތުރު ޢަދަދު: 100، އަލަށް ހިއްކި ސަރަހައްދު، 1500 އަކަފޫޓު

މަރަދޫ އިން އިތުރު ޢަދަދު: 500، އަލަށް ހިއްކި ސަރަހައްދު، 1500 އަކަފޫޓު

މަރަދޫ ފޭދޫއިން އިތުރު ޢަދަދު: 250، އަލަށް ހިއްކި ސަރަހައްދު، 1500 އަކަފޫޓު

ހުޅުދޫ އިން އިތުރު ޢަދަދު: 50، އަލަށް ހިއްކި ސަރަހައްދު، 1500 އަކަފޫޓު

މީދޫ އިން އިތުރު ޢަދަދު: 50އަލަށް ހިއްކާ ސަރަހައްދުން، 1500 އަކަފޫޓު


ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.

 ތާއީދު ކުރެއްވި: ކައުންސިލަރ، ހުސެއިން ޒަރީރު

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ، އާމިނަތު ސާލިހާ

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ:01  ވޯޓް

ނުފެންނަކަމަށް: 00 ވޯޓް

ފެންނަކަމަށް: 09 ވޯޓް

ވޯޓުގައި ބައިވެރިވި: 09 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B (4)/2023/144

ތާރީޚް: 29 ނޮވެމްބަރ 2023