އައްޑޫސިޓީ ކައުންސިލްގެ އިދާރާ

މަޖިލީސް އިންތިޙާބުގައި އައްޑޫގެ ދާއިރާތައް ކައުންސިލާއި މަޝްވަރާ ނުކޮށް ކަނޑައަޅާފައިވާތީ މިކަމަށް ހައްލެއް ހޯދުމާއި ގުޅޭ

29 ނޮވެމްބަރ 2023     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B (4)/2023/146

ބޭއްވުނު ތާރީޚް:29  ނޮވެމްބަރ 2023

ޖަލްސާ:2023  ވަނަ އަހަރުގެ 44 ވަނަ ރަސްމީ ޖަލްސާ ( 4ވަނަ ކައުންސިލްގެ 123 ވަނަ ޖަލްސާ)

 

މައްސަލަ

ހުށަހެޅުނު މައްސަލަ:  

ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޙާބުގައި އައްޑޫސިޓީގެ ދާއިރާތައް ކައުންސިލާއި މަޝްވަރާ ނުކޮށް ކަނޑައަޅާފައިވާތީ އަދި އެކަމާއި ގުޅިގެން ރައްޔިތުންގެ ޝަކުވާތައް ލިބެމުންދާތީ މިކަމަށް ހައްލެއް ހޯދުމަށް ކައުންސިލުން ގޮތެއް ނިންމުމަށް

މައްސަލަ ހުށަހެޅި ފަރާތް: ޑެޕިއުޓީ މޭޔާރ، މުޙައްމަދު ޝުޢާއު

ނިންމުން

މައްސަލަ ނިމުނުގޮތް:

    " މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި މައްސަލައިގައި ފާހަގަކޮށްފައިވާ ކަންކަމަށް ރިޣާޔަތް ކުރުމަށްފަހު، މި މައްސަލައަކީ އިލެކްޝަންސް ކޮމިޝަނުގެ އިޙްތިސާސްގައި ހިމެނޭ މައްސަލައަކަށްވެފައި މި މައްސަލައާއި ގުޅިގެން އިލެކްޝަންސް ކޮމިޝަނުން އިދާރީގޮތުން ފުރިހަމަކުރަންޖެހޭ މަސައްކަތްތައް ކޮށްފައިވަނީ ރަނގަޅަށްކަމަށް ބެލެވޭތީ މި މައްސަލަކުރިއަށް ގެންދަން ނުފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އަޣްލަބިއްޔަތުން މިހުށަހެޅުން ފާސްވިއެވެ.

 ތާއީދު ކުރެއްވި: ކައުންސިލަރ، ހުސެއިން ފައިޒުއްރަހްމާން

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ، މުހައްމަދު ފައިސަލް

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ:01  ވޯޓް

ނުފެންނަކަމަށް: 03 ވޯޓް

ފެންނަކަމަށް: 06 ވޯޓް

ވޯޓުގައި ބައިވެރިވި: 09 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B (4)/2023/146

ތާރީޚް: 29 ނޮވެމްބަރ 2023