އައްޑޫސިޓީ ކައުންސިލްގެ އިދާރާ

މޯލްޑިވްސް އިމިގްރޭޝަންގެ ސިޓީއާ ގުޅިގެން ކައުންސިލް އިދާރާގެ ފަރާތުން މޯލްޑިވްސް އިމިގްރޭޝަނަށް ޖޫރިމާނާ ފައިސާ ދެއްކުމާއި ގުޅޭ

13 ޑިސެމްބަރ 2023     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B (4)/2023/152

ބޭއްވުނު ތާރީޚް: 13 ޑިސެމްބަރ 2023

ޖަލްސާ:2023  ވަނަ އަހަރުގެ 46 ވަނަ ރަސްމީ ޖަލްސާ ( 4ވަނަ ކައުންސިލްގެ 125 ވަނަ ޖަލްސާ)

 

މައްސަލަ

ހުށަހެޅުނު މައްސަލަ:  

މޯލްޑިވްސް އިމިގްރޭޝަން ގެ ސިޓީނަންބަރު: 5 ) 94-B/426/2023/3ނޮވެމްބަރ 2023 ) ގެ ސިޓީ  ގުޅިގެން ކައުންސިލް އިދާރާގެ ފަރާތުން މޯލްޑިވްސް އިމިގްރޭޝަނަށް ޖޫރިމާނާ ފައިސާ ދެއްވުމާއި ގުޅޭ

މައްސަލަ ހުށަހެޅި ފަރާތް: އެޑްމިން ސެކްޝަން

ނިންމުން

މައްސަލަ ނިމުނުގޮތް:

    " މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި މައްސަލައިގައި ފާހަގަކޮށްފައިވާ ކަންކަމަށް ރިޣާޔަތް ކުރުމަށްފަހު، ފޭދޫ ފުޓްބޯޅަ ޓީމަށް ރާއްޖެއިން ބޭރުން ގެނެވިފައިވާ ދެކުޅުންތެރިން ވިސާގެ މުއްދަތު ހަމަވެފައިވާތީ ކޮށްފައިވާ ޖޫރިމަނާ ފައިސާގެ ގޮތުގައި 100،000.00 ރުފިޔާ ދެއްކުމަށް މޯލްޑިވްސް އިމިގްރޭޝަނުން އެންގުމާއި ގުޅިގެން ފޭދޫ ފުޓްބޯޅަޓީމަށް ކުޅުންތެރިން ގެނެސްފައިވަނީ ކައުންސިލް އިދާރާގެ ފަރާތުން އެކަމުގައި ޒިންމާވާ ގޮތަށް ކަމުގައިވާތީ، އެ ކުޅުންތެރިން އިތުރަށް ރާއްޖޭގައި މަޑުކުރަންޖެހުނު ދުވަސްތަކަށް އަރާފައިވާ ޖޫރިމަނާ ފައިސާ ކައުންސިލުން މޯލްޑިވްސް އިމިގްރޭޝަން އަށް ދައްކައި ޚަލާސްކުރުމާއެކު، އެއްވެސް މުވައްޒަފެއް ނުވަތަ ޖަމިއްޔާއެއްގެ އިހުމާލުން ކަމަށްވާނަމަ، އިހުމާލުވެފައިވާ ފަރާތްތަކާމެދު ގަވާއިދުގައިވާ ގޮތުގެމަތީން އަމަލުކުރުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.

 ތާއީދު ކުރެއްވި: ކައުންސިލަރ، އާމިނަތު ސަލްމާ

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ، މުހައްމަދު ފައިސަލް

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ:00  ވޯޓް

ނުފެންނަކަމަށް: 00 ވޯޓް

ފެންނަކަމަށް: 08 ވޯޓް

ވޯޓުގައި ބައިވެރިވި: 08 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B (4)/2023/152

ތާރީޚް: 13 ޑިސެމްބަރ 2023