އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އ.ތ.މ ކޮމިޓީއިން 20 - 27 ޖެނުއަރީ 2024 އަށް ޓްރޭނިންގ ޕްރޮގްރާމަކާއި އެކު އެކްސްޕޯޝަލް ތަޖްރިބާ ދަތުރަކު ދިއުމާއި ގުޅޭ

20 ޑިސެމްބަރ 2023     


ކައުންސިލްގެ ނިންމުން

 

ނިންމުން ނަންބަރު: 426-B (4)/2023/156

ބޭއްވުނު ތާރީޚް:20 ޑިސެމްބަރ 2023

ޖަލްސާ:2023  ވަނަ އަހަރުގެ 47 ވަނަ ރަސްމީ ޖަލްސާ ( 4ވަނަ ކައުންސިލްގެ 126 ވަނަ ޖަލްސާ)

 

މައްސަލަ

ހުށަހެޅުނު މައްސަލަ:  

އައްޑޫ ސިޓީ އ.ތ.މ ކޮމިޓީއިން މެމްބަރުން 20 ޖެނުއަރީ 2024 ން 27 ޖެނުއަރީ 2024 ގެ ނިޔަލަށް ރާއްޖެއިން ބޭރަށް މެލޭޝިއާރ އަދި ސިންގަޕޯރ ޓްރޭނިންގ ޕްރޮގްރާމަކާއި އެކު އެކްސްޕޯޝަލް ތަޖްރިބާ ދަތުރަކު ދިއުމަށް ކޮމިޓީގެ ބަޖެޓުން ޚަރަދުކުރުމަށާއި އަދި ދަތުރުގެ ހުރިހާ ކަމެއް ބައްލަވައި އިންތިޒާމް ކުރުމާއިއެކު ކައުންސިލްގެ އެސްޖީ މިދަތުރުގައި ބައިވެރިވުމަށް އެދި

މައްސަލަ ހުށަހެޅި ފަރާތް: އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ

ނިންމުން

މައްސަލަ ނިމުނުގޮތް:

    " މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި މައްސަލައިގައި ފާހަގަކޮށްފައިވާ ކަންކަމަށް ރިޣާޔަތް ކުރުމަށްފަހު، މައްސަލަ ފޯމުގައި ހުންނަންޖެހޭ މަޢުލޫމާތު ފުރިހަމަ ނުވާތީ، ހިމަނަންޖެހޭ މަޢުލޫމާތު ފުރިހަމަކުރުމަށްފަހު އަލުން މައްސަލަ ހުށަހެޅުމަށްފަހު ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.

 ތާއީދު ކުރެއްވި: ޑެޕިއުޓީ މޭޔަރ، މުޙައްމަދު ޝުޢާއު

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ، ޙުސައިން ޒަރީރު

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ:03  ވޯޓް

ނުފެންނަކަމަށް: 00 ވޯޓް

ފެންނަކަމަށް: 08 ވޯޓް

ވޯޓުގައި ބައިވެރިވި: 08 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B (4)/2023/156

ތާރީޚް: 20 ޑިސެމްބަރ 2023