އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫ ސިޓީ ކައުންސިލްގެ 2024 ވަނަ އަހަރަށް ލަފާކުރާ ބަޖެޓް ފާސްކުރުމަށް ހުށަހަޅާ މައްސަލަ

11 ޖެނުއަރީ 2024     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B (4)/2024/001

ބޭއްވުނު ތާރީޚް:  11 ޖަނަވަރީ 2024

ޖަލްސާ:2024  ވަނަ އަހަރުގެ 01 ވަނަ ރަސްމީ ޖަލްސާ (4ވަނަ ކައުންސިލްގެ 127 ވަނަ ޖަލްސާ)

 

މައްސަލަ

ހުށަހެޅުނު މައްސަލަ:  

އައްޑޫ ސިޓީ ކައުންސިލްގެ 2024 ވަނަ އަހަރަށް ލަފާކުރާ ބަޖެޓް ފާސްކުރުމަށް ހުށަހަޅާ މައްސަލަ

މައްސަލަ ހުށަހެޅި ފަރާތް: ފައިނޭންސް ސެކްޝަން

ނިންމުން

މައްސަލަ ނިމުނުގޮތް:

       " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލައާއި އެކު ހުށަހެޅިފައިވާ ބަޖެޓަކީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 10 ވަނަ ބާބުގެ 96 ވަނަ މާއްދާގައި ބަޔާން ކުރެވިފައިވާ ގޮތުގެމަތިން ކަނޑައެޅިފައިވާ އުޞޫލުގެ ދަށުން ތައްޔާރުކުރެވިފައިވާ ބަޖެޓެއް ކަމަށާއި، 2024 ވަނަ އަހަރުގެ އައްޑޫސިޓީ ކައުންސިލްގެ މުޅި ޖުމްލަ ބަޖެޓަކީ: 282,047,402.46 ރުފިޔާ ކަމުގައި ކަނޑައަޅައި ބަޖެޓް ފާސްކުރުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

 ތާއީދު ކުރެއްވި: ކައުންސިލަރ، ޙުސެއިން ޒަރީރު

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ، ޙުސެއިން ފައިޒުއްރަޙްމާން

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00  

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 11 ވޯޓް

ވޯޓުގައި ބައިވެރިވި: 11 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B (4)/2024/001

ތާރީޚް: 11 ޖެނުއަރީ 2024