އައްޑޫސިޓީ ކައުންސިލްގެ އިދާރާ

2023 ވަނަ އަހަރުގެ އައްޑޫސިޓީ ކައުންސިލުން ހިންގި ހަރަކާތްތަކުގެ ތަފްސީލް ރިޕޯޓް ފާސްކުރުމާއި ގުޅޭ

17 ޖެނުއަރީ 2024     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B(4)/2024/009

ބޭއްވުނު ތާރީޚް:  17 ޖަނަވަރީ 2024

ޖަލްސާ:2024  ވަނަ އަހަރުގެ 02 ވަނަ ރަސްމީ ޖަލްސާ (4ވަނަ ކައުންސިލްގެ 128 ވަނަ ޖަލްސާ)

 

މައްސަލަ

ހުށަހެޅުނު މައްސަލަ:  

2023 ވަނަ އަހަރުގެ އައްޑޫސިޓީ ކައުންސިލުން ހިންގި ހަރަކާތްތަކުގެ ތަފްސީލް ރިޕޯޓް ފާސްކުރުން.

މައްސަލަ ހުށަހެޅި ފަރާތް:  ލޭންޑް ސެކްޝަން

ނިންމުން

މައްސަލަ ނިމުނުގޮތް:      

     " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، 2023 ވަނަ އަހަރުގެ އައްޑޫސިޓީ ކައުންސިލުން ހިންގި ތަފްސީލް ރިޕޯޓު އަލުން މުރާޖާކުރުމަށް ފަހު ދެން އޮންނަ ޖަލްސާއަކަށް ހުށަހެޅުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އަޢްލަބިއްޔަތުން މި ހުށަހެޅުން ފާސްކުރެވުނެވެ.

 ތާއީދު ކުރެއްވި: ކައުންސިލަރ، މުޙައްމަދު ފައިޞަލް

ހުށަހެޅުން ހުށަހެޅި: ޑެޕިއުޓީ މޭޔަރ، މުޙައްމަދު ޝުޢާޢު

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00  

ނުފެންނަކަމަށް: 01 ވޯޓް.

ފެންނަކަމަށް: 10 ވޯޓް

ވޯޓުގައި ބައިވެރިވި: 11 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B(4)/2024/009

ތާރީޚް: 17 ޖެނުއަރީ 2024