އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 ގައި ބައިވެރިވާ މަރަދޫ ޓީމަށް އެހީތެރިކަން ފޯރުކޮށްދެއްވުމާއި ގުޅޭ

24 ޖެނުއަރީ 2024     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B(4)/2024/011

ބޭއްވުނު ތާރީޚް:  24 ޖަނަވަރީ 2024

ޖަލްސާ:2024  ވަނަ އަހަރުގެ 03 ވަނަ ރަސްމީ ޖަލްސާ (4ވަނަ ކައުންސިލްގެ 129 ވަނަ ޖަލްސާ)

 

މައްސަލަ

ހުށަހެޅުނު މައްސަލަ:  

ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 ގައި މަރަދޫގެ ޓީމް ބައިވެރި ވެފައިވާތީ، އަދި އެއީ މާލޭގައި އޮތް މުބާރާތަކަށް ވާތީ، މަރަދޫ ޓީމަށް އެހީތެރިކަން ފޯރުކޮށްދެއްވުމާއި ގުޅޭގޮތުން ހުށަހަޅާ މައްސަލަ 

މައްސަލަ ހުށަހެޅި ފަރާތް: މަރަދޫ އަވަށު އޮފީސް

ނިންމުން

މައްސަލަ ނިމުނުގޮތް:        

     " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، ބަޖެޓް އެކްޓިވިޓީ 223013 ކޯޑުން "މަރަދޫގައި މަސްވެރިންގެ ދުވަސް ފާހަގަކުރުން" ކަނޑައެޅިފައިވާ ފައިސާގެ ތެރެއިން 25000 (ފަންސަވީސް ހާސް) ރުފިޔާ "ގޯލްޑަން ފުޓްސަލް މުބާރާތުގައި ބައިވެރިވުމަށް" އެކްޓްޓިވިޓީގެ ތެރެއަށް އިތުރުކުރުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

 ތާއީދު ކުރެއްވި: ކައުންސިލަރ، މަރްޔަމް ސަޢީދާ

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ، އިބްރާހިމް ޝިނާޒް

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00  

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 08 ވޯޓް

ވޯޓުގައި ބައިވެރިވި: 08 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B(4)/2024/011

ތާރީޚް: 24 ޖެނުއަރީ 2024