އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ހިތަދޫ އީދިގަލި ސަރަހައްދުގެ ފުއްޓަރު ފަރާތުގައި ޓޫއަރިޒޯނުގައި ޓޫރިސްޓް ފެސިލިޓީއެއް ތަރައްޤީ ކުރުމާއި ގުޅޭ

24 ޖެނުއަރީ 2024     


ކައުންސިލްގެ ނިންމުން

 

ނިންމުން ނަންބަރު: 426-B(4)/2024/015

ބޭއްވުނު ތާރީޚް:  24 ޖަނަވަރީ 2024

ޖަލްސާ:2024  ވަނަ އަހަރުގެ 03 ވަނަ ރަސްމީ ޖަލްސާ (4ވަނަ ކައުންސިލްގެ 129 ވަނަ ޖަލްސާ)

 

މައްސަލަ

ހުށަހެޅުނު މައްސަލަ:  

ހިތަދޫ އީދިގަލި ސަރަހައްދުގެ ފުއްޓަރު ފަރާތުގައި ޓޫއަރިޒަމަށް ކަނޑައަޅާފައިވާ ސަރަޙައްދުގައި ޓޫރިސްޓް ފެސިލިޓީއެއް އެއްގެ ގޮތުގައި ތަރައްޤީކޮށް ހިންގުމަށް ޢިއުލާން ކުރުމާއި ގުޅޭގޮތުން ކައުންސިލުން ގޮތެއް ނިންމުމަށް.

މައްސަލަ ހުށަހެޅި ފަރާތް: ޕްލޭނިންގ ސެކްޝަން

ނިންމުން

މައްސަލަ ނިމުނުގޮތް:     

     " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، ހިތަދޫ އީދިގަލި ސަރަހައްދުގެ ފުއްޓަރު ފަރާތުގައި ޓޫރިޒަމަށް ކަނޑައަޅާފައިވާ ސަރަޙައްދުގައި ޓޫރިސްޓް ފެސިލިޓީއެއްގެ ގޮތުގައި ތަރައްޤީކޮށް ހިންގުމަށް ޢިއުލާން ކުރުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

 ތާއީދު ކުރެއްވި: ކައުންސިލަރ، އަޙްމަދު ސަޢީދު

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ، އިބްރާހިމް ޝިނާޒް

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00  

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 08 ވޯޓް

ވޯޓުގައި ބައިވެރިވި: 08 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B(4)/2024/015

ތާރީޚް: 24 ޖެނުއަރީ 2024