އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ޓޫރިޒަމް ކޮމިޓީގެ ރަސްމީ 31 ވަނަ ބައްދަލުވުމުގެ ނިންމުންތައް - 06-035

2 މޭއި 2024     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B(4)/2024/035-06

ބޭއްވުނު ތާރީޚް:  02 މޭ 2024

ޖަލްސާ:2024  ވަނަ އަހަރުގެ 13 ވަނަ ރަސްމީ ޖަލްސާ (4ވަނަ ކައުންސިލްގެ 139 ވަނަ ޖަލްސާ)

މައްސަލަ

ހުށަހެޅުނު މައްސަލަ:

ޓޫރިޒަމް ކޮމިޓީގެ ރަސްމީ 31 ވަނަ ބައްދަލުވުމުން ނިންމަވާފައިވާ، މައްސަލަތައް ކުރިއަށް ގެންދިއުމާމެދު ކައުންސިލުންގޮތެއް ނިންމުމަށް

މައްސަލަ ހުށަހެޅި ފަރާތް:  ޓޫރިޒަމް ކޮމިޓީ

ނިންމުން

މައްސަލަ ނިމުނުގޮތް:

    " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޣާޔަތް ކުރުމަށްފަހު، " ޓޫރިޒަމް ކޮމިޓީގެ ރަސްމީ 31 ވަނަ ބައްދަލުވުމުން ނިންމަވާފައިވާ، މައްސަލަ ކޮމިޓީ އިން ނިންމާފައިވާ ގޮތަށް ކުރިއަށް ގެންދިއުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ތާއީދު ކުރެއްވި: ކައުންސިލަރ، ޙުސައިން ފައިޒުއްރަޙްމާން

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ، މަރްޔަމް ސަޢީދާ

 

ޓޫރިޒަމް ކޮމިޓީ އިން ހުށަހަޅާފައިވާ މައްސަލަ

ހިތަދޫ ޓޫރިޒަމް ޒޯންގެ 3،000 އަކަފޫޓުގެ D2  ޕްލޮޓްގައި އިތާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްއިން އިމާރާތް ކުރަމުންދާ ގެސްޓްހައުސްގެ އުތުރުފަރާތް (ވައްބުރުގެ ހުޅަނގަށް) ވާ ހުސްބިމުން އެފަރާތަށް 1،500 އަކަފޫޓުގެ ބިމެއް ޕޫލްއެއް އެޅުމަށްޓަކައި ހަމަޖައްސައި ދެއްވުމަށް އެދި އިތާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ 14 މާރިޗް 2024 ދުވަހުގެ ސިޓީއިން ހުށަހަޅާފައިވުމާއެކު، މި މައްސަލަ، ކޮމިޓީން ނިންމާފައިވާ ގޮތަށް ކުރިއަށްގެންދިއުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ވޯޓް ދެއްވި ގޮތް

ވޯޓުގައި ބައިވެރިވި: 08 ވޯޓު

ފެންނަކަމަށް: 08 ވޯޓް

ނުފެންނަކަމަށް: 00 ވޯޓް

ބައިވެރިވެވަޑައިނުގަންނަވާ: 02

 



ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B(4)/2024/035-06

ތާރީޚް: 2 މޭއި 2024