ކައުންސިލްގެ ނިންމުން
ނިންމުން ނަންބަރު: 426-B(4)/2024/040 |
|
ބޭއްވުނު ތާރީޚް: 08 މޭ 2024 |
ޖަލްސާ:2024 ވަނަ އަހަރުގެ 14 ވަނަ ރަސްމީ ޖަލްސާ (4ވަނަ ކައުންސިލްގެ 140 ވަނަ ޖަލްސާ) |
މައްސަލަ |
||||
ދަނޑުބިން ކުއްޔަށް ދޫކުރުމުގެ އުޞޫލަށް 01 ވަނަ އިސްލާޙުގެ ޢުސޫލު ކައުންސިލުން ފާސްކުރުމަށް |
||||
މައްސަލަ ހުށަހެޅި ފަރާތް: ކައުންސިލަރ ޙުސައިން ޒަރީރު |
||||
ނިންމުން |
||||
މައްސަލަ ނިމުނުގޮތް: " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، ފޯމާއެކު ހުށަހަޅާފައިވާ "ދަނޑުބިން ކުއްޔަށް ދޫކުރުމުގެ އުޞޫލަށް 1 ވަނަ އިޞްލާޙު ގެނައުމުގެ އުޞޫލު" ހުށަހަޅާފައިވާ ގޮތުގެ މަތީން ފާސްކޮށްދެއްވުމަށާއި މިހާރު ދޫކޮށްފައިވާ ދަނޑުބިންތަކުގެ ތެރެއިން ގިނަ ބިންތަކަކީ ކައުންސިލުން ގޮތެއް ނިންމައި އަންގަންދެން ކުއްޔެއް ނުނަގާ ގޮތަށް ހުރި ބިންތަކަކަށްވެފައި، އެފަދައިން ދޫކޮށްފައިވާ މަދު ބިންތަކަކުން ކުލި ނަގާގޮތަށް ހުރި ބިންތައް މިއުޞޫލުގެ ތެރެއިން ދޫކުރާ ހިނދު، މިހާތަނަށް ދައްކަންޖެހޭ ކުއްޔާއި ޖޫރިމަނާގެ ފައިސާ މަޢާފުކޮށްދިނުމާއެކު، އުޞޫލުގައިވާ ގޮތުގެ މަތީން އައު އެއްބަސްވުން ހެދުމުގެ ފުރުޞަތު ދިނުމަށް ފާސްކުރުމަށް ފެންނަކަމަށް." ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ. |
||||
ތާއީދު ކުރެއްވި: ކައުންސިލަރ އާމިނަތު އަދާލާ ރަޝީދު |
ހުށަހެޅުން ހުށަހެޅި: ކައުންސިލަރ ޙުސައިން ޒަރީރު |
|||
ވޯޓް ދެއްވި ގޮތް |
||||
ބައިވެރިވެވަޑައިނުގަންނަވާ: 00 |
ނުފެންނަކަމަށް: 00 ވޯޓް. |
ފެންނަކަމަށް: 08 ވޯޓް |
ވޯޓުގައި ބައިވެރިވި: 08 ވޯޓް |
ނިންމުން ޑައުންލޯޑް ކުރެއްވުމަށް
ދަނޑުބިން ކުއްޔަށް ދޫކުރުމުގެ އުޞޫލަށް 01 ވަނަ އިސްލާޙުގެ ޢުސޫލު ކައުންސިލުން ފާސްކުރުމާއި ގުޅޭ