އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ޓޫރިޒަމް ކޮމިޓީގެ ރަސްމީ 32 ވަނަ ބައްދަލުވުމުގެ ނިންމުންތައް - 43-01

15 މޭއި 2024     


ކައުންސިލްގެ ނިންމުން

 

ނިންމުން ނަންބަރު: 426-B(4)/2024/43-01

ބޭއްވުނު ތާރީޚް:  15 މޭ 2024

ޖަލްސާ:2024  ވަނަ އަހަރުގެ 15 ވަނަ ރަސްމީ ޖަލްސާ (4ވަނަ ކައުންސިލްގެ 141 ވަނަ ޖަލްސާ)

މައްސަލަ

ހުށަހެޅުނު މައްސަލަ:

ޓޫރިޒަމް ކޮމިޓީގެ ރަސްމީ 32 ވަނަ ބައްދަލުވުމުން ނިންމަވާފައިވާ، މައްސަލަތައް ކުރިއަށް ގެންދިއުމާމެދު ކައުންސިލުންގޮތެއް ނިންމުމަށް

މައްސަލަ ހުށަހެޅި ފަރާތް:  ޓޫރިޒަމް ކޮމިޓީ

ނިންމުން

މައްސަލަ ނިމުނުގޮތް:

    " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޣާޔަތް ކުރުމަށްފަހު، " ޓޫރިޒަމް ކޮމިޓީގެ ރަސްމީ 32 ވަނަ ބައްދަލުވުމުން ނިންމަވާފައިވާ، މައްސަލަ ކޮމިޓީ އިން ނިންމާފައިވާ ގޮތަށް ކުރިއަށް ގެންދިއުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ، މުޙައްމަދު ފައިޞަލް

ތާއީދު ކުރެއްވި: ކައުންސިލަރ، އަޙްމަދު ނާދިރު


ޓޫރިޒަމް ކޮމިޓީ އިން ހުށަހަޅާފައިވާ މައްސަލަ

  31 ވަނަ ޓޫރިޒަމް ކޮމެޓީގެ ނިންމުމާއި އެއްގޮތަށް، ޓޫރިޒަމް ޒޯންތަކުން ބިން ލިބިފައިވާ ފަރާތްތަކުން، ހުށަހަޅާފައިވާ ވޯކްޕްލޭން، ކޮމެޓީއިން ރިވިއު ކުރުމަށާއި އަދި ވޯކްޕްލޭން ހުށަހަޅާފައިވާ ބައެއް ފަރާތްތަކުގެ ޓައިމްލައިން 02 އަހަރަށްވުރެ އިތުރުވެފައިވުމާއި ގުޅިގެން، މި މައްސަލަ، ކޮމިޓީން ނިންމާފައިވާ ގޮތަށް ކުރިއަށްގެންދިއުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ވޯޓް ދެއްވި ގޮތް

ވޯޓުގައި ބައިވެރިވި: 06 ވޯޓު

ފެންނަކަމަށް: 06 ވޯޓް

ނުފެންނަކަމަށް: 00 ވޯޓް

ބައިވެރިވެވަޑައިނުގަންނަވާ:01
 



ބާވަތް: ނިންމުން

ދައުރު: ފުރަތަމަ ދައުރު

ނަންބަރ: 426-B(4)/2024/43-01

ތާރީޚް: 15 މޭއި 2024