އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ފެނަކަ ކޯޕަރޭޝަން ލިމިޓެޑް މެދުވެރިކޮށް ފޯރުކޮށްދޭ ފެނާއި ކަރަންޓާއި ނަރުދަމާގެ ޚިދުމަތައް ދިމާވާ މައްސަލަތަކަށް އަވަސް ހައްލެއް ހޯދައިދިނުމާއި ގުޅޭ

6 ޖޫން 2024     


ކައުންސިލްގެ ނިންމުން

 

ނިންމުން ނަންބަރު: 426-B(4)/2024/057

ބޭއްވުނު ތާރީޚް:  06 ޖުން 2024

ޖަލްސާ:2024  ވަނަ އަހަރުގެ 18 ވަނަ ރަސްމީ ޖަލްސާ (4 ވަނަ ކައުންސިލްގެ 144 ވަނަ ޖަލްސާ)

މައްސަލަ

ހުށަހެޅުނު މައްސަލަ:

އައްޑޫސިޓީގެ ރައްޔިތުންނަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑް މެދުވެރިކޮށް ފޯރުކޮށްދޭ ފެނާއި ކަރަންޓާއި ނަރުދަމާގެ ޚިދުމަތައް ދިމާވާ މައްސަލަތަކަށް ހައްލެއް ނުލިބި ގިނަދުވަސްވަމުންދާތީ، ދައުލަތުގެ ކަމާއިބެހޭ އިދާރާތަކާއި ރައްޔިތުންގެ މަޖިލީހާއި އަދި ރައީސުލްޖުމްޙޫރިއްޔާގެ ސަމާލުކަމަށް މައްސަލަ ހުށަހަޅައި މިމައްސަލައާއި ގުޅިގެން ރައްޔިތުންނަށް އަވަސް ހައްލެއް ހޯދައިދިނުމަށް މަސައްކަތްކުރުން

މައްސަލަ ހުށަހެޅި ފަރާތް: ކައުންސިލަރ ޙުސައިން ޒަރީރު

ނިންމުން

މައްސަލަ ނިމުނުގޮތް:

    " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، އައްޑޫސިޓީގެ ކަރަންޓާއި ފެނާއި ނަރުދަމާގެ ހާލަތު ބަޔާންކޮށް ކައުންސިލްގެ ރަސްމީ ލިޔުމަކުން ދައުލަތުގެ ކަމާއިބޭހޭ އިދާރާތަކާއި އަދި ރައީސުލްޖުމްޙޫރިއްޔާ އާއި ރައްޔިތުންގެ މަޖިލީހުގެ ސަމާލުކަމަށް މިމައްސަލަ ހުށަހެޅުމާއެކު، ފެނުގެ ޚިދުމަތް މެދުކެނޑިފައިވާ ގޭބިސީތަކުން މިމައްސަލަ ހައްލުކުރެވެންދެން އެއްވެސް އަގެއް ނުނަގާގޮތަށް ހަމަޖައްސަވައިދެއްވުމަށް އެދި ލިޔުމުން ރައީސުލްޖުމްހޫރިއްޔާއަށް ދެންނެވުމަށާއި، އަދި މިމައްސަލައާއި ގުޅިގެން އަވަސް ހައްލެއް ހޯދުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

 ތާއީދު ކުރެއްވި: ކައުންސިލަރ، އާމިނަތު އަދާލާ ރަޝީދު

ހުށަހެޅުން ހުށަހެޅި:  ޑެޕިއުޓީ މޭޔަރ، މުޙައްމަދު ޝުޢާޢު  

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 01  

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 10 ވޯޓް

ވޯޓުގައި ބައިވެރިވި: 10 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B(4)/2024/057

ތާރީޚް: 6 ޖޫން 2024