ކައުންސިލްގެ ނިންމުން
ނިންމުން ނަންބަރު: 426-B(4)/2024/062 |
|
ބޭއްވުނު ތާރީޚް: 12 ޖޫން 2024 |
ޖަލްސާ:2024 ވަނަ އަހަރުގެ 19 ވަނަ ރަސްމީ ޖަލްސާ (4 ވަނަ ކައުންސިލްގެ 145 ވަނަ ޖަލްސާ) |
މައްސަލަ |
||||
ހުށަހެޅުނު މައްސަލަ: މޯލްޑިވްސް ލޯކަލް ކައުންސިލް އެސޯސިއޭޝަން (އެމް.އެލް.ސީ.އޭ) ގެ ހިންގާ ކޮމިޓީގެ މެމްބަރަކަށް އައްޑޫސިޓީ ކައުންސިލް ވުމާއި މެދު ގޮތެއް ނިންމުން |
||||
މައްސަލަ ހުށަހެޅި ފަރާތް: ކައުންސިލް ބިއުރޯ ޔުނިޓް |
||||
ނިންމުން |
||||
މައްސަލަ ނިމުނުގޮތް: " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، މޯލްޑިވްސް ލޯކަލް ކައުންސިލް އެސޯސިއޭޝަންގެ މެންބަރެއްގެ ގޮތުގައި އައްޑޫސިޓީ ކައުންސިލް ބައިވެރިވުމަށް ފެންނަކަމަށާއި ކޮންމެ މަހަކު އެމް.އެލް.ސީ.އޭ އާންމު މެންބަރުން ދައްކަންޖެހޭ ޗަންދާ /-5000 (ފަސްހާސް) ރުފިޔާ ދެއްކުމަށް ފެންނަކަމަށާއި މޯލްޑިވްސް ލޯކަލް ކައުންސިލް އެސޯސިއޭޝަންގައި އައްޑޫސިޓީ ކައުންސިލް ތަމްސީލުކުރައްވާނެ މަންދޫބެއްގެ ގޮތުގައި މޭޔަރ، ޢަލީ ނިޒާރު ކަނޑައަޅައި ޤަރާރެއް ފާސްކުރުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ. |
||||
ތާއީދު ކުރެއްވި: ކައުންސިލަރ، އިބްރާހީމް ޝިނާޒް |
ހުށަހެޅުން ހުށަހެޅި: ޑެޕިއުޓީ މޭޔަރ، މުޙައްމަދު ޝުޢާޢު |
|||
ވޯޓް ދެއްވި ގޮތް |
||||
ބައިވެރިވެވަޑައިނުގަންނަވާ: 01 |
ނުފެންނަކަމަށް: 00 ވޯޓް. |
ފެންނަކަމަށް: 08 ވޯޓް |
ވޯޓުގައި ބައިވެރިވި: 08 ވޯޓް |
ނިންމުން ޑައުންލޯޑް ކުރެއްވުމަށް
މޯލްޑިވްސް ލޯކަލް ކައުންސިލް އެސޯސިއޭޝަންގެ ހިންގާ ކޮމިޓީގެ މެމްބަރަކަށް އައްޑޫސިޓީ ކައުންސިލް ވުމާއި މެދު ގޮތެއް ނިންމުމާއި ގުޅޭ