އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ހިތަދޫ ގައި މޭރީ ބްރައުން ހިންގާ އިމާރާތުގެ ކުރިމަތިން އޮތް ހުސްބިން ޕާކިންޒޯނެއްގެ ގޮތަށް ހަމަޖެއްސުމާއި ގުޅޭ

26 ޖޫން 2024     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B(4)/2024/065

ބޭއްވުނު ތާރީޚް:  26 ޖޫން 2024

ޖަލްސާ:2024  ވަނަ އަހަރުގެ 20 ވަނަ ރަސްމީ ޖަލްސާ (4ވަނަ ކައުންސިލްގެ 146 ވަނަ ޖަލްސާ)

މައްސަލަ

ހުށަހެޅުނު މައްސަލަ:

ހިތަދޫ ގައި މޭރީ ބްރައުން (އެމްބީ) ހިންގާ އިމާރާތުގެ ކުރިމަތިން އޮތް ހުސްބިން ޕާކިންޒޯނެއްގެ ގޮތަށް ހަމަޖެއްސުން

މައްސަލަ ހުށަހެޅި ފަރާތް: ލޭންޑް އެންޑް ހައުސިންގ ޔުނިޓް

ނިންމުން

މައްސަލަ ނިމުނުގޮތް:

    " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، ހިތަދޫ ލިންކް ރޯޑުގައި މޭރީ ބްރައުން ހިންގާ ސަރަހައްދަކީ، ވަރަށް ގިނަ ވިޔަފާރިތައް އެ ސަރަހައްދުގައި ހިނގާ ތަނަކަށް ވުމުން އެ ސަރަހައްދު ކާރުބާރު ބޮޑުވިޔަ ނުދިނުން މުހިންމު ކަމަކަށްވުމާއި ރަށްވެހިކަމުގެ ޚިދުމަތް ދިނުމަކީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުން ކައުންސިލާ މަތިކޮށްފައިވާ ކަމަކަށްވާތީ މޭރީ ބްރައުންގެ ކުރިމަތިން އިރަށްއޮތް 4000 އަކަ ފޫޓުގެ ކުލީ ބިން،  ޕާކިންޒޯނެއްގެ ގޮތަށް ހަމަޖެއްސުމަށް ފެންނަކަމަށް  " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

 ތާއީދު ކުރެއްވި: ކައުންސިލަރ، މުޙައްމަދު ފައިޞަލް

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ، އަޙްމަދު ނާދިރު

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00  

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 09 ވޯޓް

ވޯޓުގައި ބައިވެރިވި: 09 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B(4)/2024/065

ތާރީޚް: 26 ޖޫން 2024