އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ހިތަދޫ މެދެ އާރިމަގާއި އެޅެދީދީ މަގު ގުޅުނު ހިސާބުގައި ހުރި ވައްބުރު ސަރަހައްދު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމާއި ގުޅޭ

4 ޖުލައި 2024     


ކައުންސިލްގެ ނިންމުން

 

ނިންމުން ނަންބަރު: 426-B(4)/2024/074

ބޭއްވުނު ތާރީޚް:  04 ޖުލައި 2024

ޖަލްސާ:2024  ވަނަ އަހަރުގެ 21 ވަނަ ރަސްމީ ޖަލްސާ (4ވަނަ ކައުންސިލްގެ 147 ވަނަ ޖަލްސާ)

މައްސަލަ

ހުށަހެޅުނު މައްސަލަ:

ހިތަދޫ މެދެ އާރިމަގާއި އެޅެދީދީ މަގު ގުޅުނު ހިސާބުގައި ހުރި ވައްބުރު ސަރަހައްދު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމާއި ގުޅޭގޮތުން ކައުންސިލުން ގޮތެއް ނިންމުމަށް އެދި

މައްސަލަ ހުށަހެޅި ފަރާތް:  ޕްރޮޖެކްޓް ޑިވޮލޮޕްމަންޓް ޔުނިޓް

ނިންމުން

މައްސަލަ ނިމުނުގޮތް:

    " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޣާޔަތް ކުރުމަށްފަހު، " ހިތަދޫ ބޮޑު މަގު އަލުން ތާރު އަޅައި ނިމިފައިވުމާއިއެކު ޒަމާނީ ފެންވަރަށް މަގާއި ގުޅިފައިވާ ސަރަހައްދުތައް ތަރައްގީ ކުރެވޭނެ ގޮތް ފަހި ކުރުމަށް ބޭނުން ވެއެވެ. އެގޮތުން ރައުންޑަބައުޓް އަމިއްލަ ޚަރަދުގައި ތަރައްގީކޮށް މެއިންޓެއިންކޮށް އަދި މެނޭޖްކުރުމާއި ގުޅޭ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، ޙުސައިން ފައިޒުއްރަޙްމާން

ތާއީދު ކުރެއްވި: ކައުންސިލަރ، އަޙްމަދު ސަޢީދު

 

ވޯޓް ދެއްވި ގޮތް

ވޯޓުގައި ބައިވެރިވި: 07 ވޯޓު

ފެންނަކަމަށް: 07 ވޯޓް

ނުފެންނަކަމަށް: 00 ވޯޓް

ބައިވެރިވެވަޑައިނުގަންނަވާ: 01

 



ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B(4)/2024/074

ތާރީޚް: 4 ޖުލައި 2024