އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ބަނދަރު ބޭނުންކުރާ ފަރާތްތަކާއި، ދޯނިފަހަރާއި، ބޯޓުތަކަށް ވަޅުފެން ލިބޭނެ އިންތިޒާމް ހަމަޖެއްސުމާއި ބޭނުންކުރާ ފަރާތްތަކަށް ރޭޓެއް ކަނޑައެޅުމާއި ގުޅޭ

17 ޖުލައި 2024     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B(4)/2024/082

ބޭއްވުނު ތާރީޚް:  17 ޖުލައި 2024

ޖަލްސާ:2024  ވަނަ އަހަރުގެ 23 ވަނަ ރަސްމީ ޖަލްސާ (4ވަނަ ކައުންސިލްގެ 149 ވަނަ ޖަލްސާ)

މައްސަލަ

އައްޑޫސިޓީގެ އަވަށްތަކުގެ ބަނދަރު ބޭނުންކުރާ ފަރާތްތަކާއި، ދޯނިފަހަރާއި، ބޯޓުތަކަށް ވަޅުފެން ލިބޭނެ އިންތިޒާމް ހަމަޖެއްސުމާއި އަދި ވަޅުފެން ބޭނުންކުރާ ފަރާތްތަކަށް ރޭޓެއް ކަނޑައެޅުން.

މައްސަލަ ހުށަހެޅި ފަރާތް:  ޕްލޭނިންގ އެންޑް ކޮމްޕްލައިންސް ސެކްޝަން

ނިންމުން

މައްސަލަ ނިމުނުގޮތް:     

    " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޣާޔަތް ކުރުމަށްފަހު، " މި މައްސަލައިގައި އިތުރަށް ބަލަންޖެހޭ ކަންކަން ހުރުމާއިއެކު އާންމު ކޮމިޓީއަށް މައްސަލަ ފޮނުވުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އަޣްލަބިއްޔަތުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، މުހައްމަދު ފައިސަލް

ތާއީދު ކުރެއްވި: ޑެޕިއުޓީ މޭޔަރ، މުޙައްމަދު ޝުޢާޢު

 

ވޯޓް ދެއްވި ގޮތް

ވޯޓުގައި ބައިވެރިވި: 09 ވޯޓު

ފެންނަކަމަށް: 07 ވޯޓް

ނުފެންނަކަމަށް: 02 ވޯޓް

ބައިވެރިވެވަޑައިނުގަންނަވާ: 02

 



ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B(4)/2024/082

ތާރީޚް: 17 ޖުލައި 2024