އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫސިޓީގެ ޢާންމު ތަންތަނާއި މަގުމަތީގައި އިޢުލާނާއި އިޝްތިހާރު ހަރުކުރުމާބެހޭ އުޞޫލު ފާސްކުރުމަށް ހުށަހަޅާ މައްސަލަ އާއި ގުޅޭ

17 ޖުލައި 2024     


ކައުންސިލްގެ ނިންމުން

 

ނިންމުން ނަންބަރު: 426-B(4)/2024/083

ބޭއްވުނު ތާރީޚް:  17 ޖުލައި 2024

ޖަލްސާ:2024  ވަނަ އަހަރުގެ 23 ވަނަ ރަސްމީ ޖަލްސާ (4ވަނަ ކައުންސިލްގެ 149 ވަނަ ޖަލްސާ)

މައްސަލަ

އައްޑޫސިޓީގެ ޢާންމު ތަންތަނާއި މަގުމަތީގައި އިޢުލާނާއި އިޝްތިހާރު ހަރުކުރުމާބެހޭ އުޞޫލު ފާސްކުރުމަށް ހުށަހަޅާ މައްސަލަ

މައްސަލަ ހުށަހެޅި ފަރާތް:  އާއްމު ކޮމެޓީ

ނިންމުން

މައްސަލަ ނިމުނުގޮތް:     

    " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޣާޔަތް ކުރުމަށްފަހު، އައްޑޫސިޓީ ކައުންސިލްގެ ނަންބަރު 426-B(4)/2024/004 (17 ޖަނަވަރީ 2024) ނިންމުމުން ފާސްކޮށްފައިވާ "އެކިއެކި ޙަރަކާތްތަކާއި ގުޅިގެން ރަށުތެރޭގައި ހަރުކުރެވޭ އިޝްތިހާރުތަކާބެހޭ އުސޫލު" އުވާލައި، އައްޑޫސިޓީގެ ޢާންމު ތަންތަނާއި މަގުމަތީގައި އިޢުލާނާއި އިޝްތިހާރު ހަރުކުރުމާބެހޭ އުޞޫލު ފާސްކުރުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ހުށަހެޅުން ހުށަހެޅި: ޑެޕިއުޓީ މޭޔަރ، މުޙައްމަދު ޝުޢާޢު

ތާއީދު ކުރެއްވި: ކައުންސިލަރ، މުހައްމަދު ފައިސަލް

 

 

ވޯޓް ދެއްވި ގޮތް

ވޯޓުގައި ބައިވެރިވި: 11 ވޯޓު

ފެންނަކަމަށް: 11 ވޯޓް

ނުފެންނަކަމަށް: 00 ވޯޓް

ބައިވެރިވެވަޑައިނުގަންނަވާ: 00

 



ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B(4)/2024/083

ތާރީޚް: 17 ޖުލައި 2024