އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ޓޫރިޒަމް ކޮމިޓީގެ ރަސްމީ 35 ވަނަ ބައްދަލުވުމުގެ ނިންމުންތަކާއި ގުޅޭ

24 ޖުލައި 2024     


ކައުންސިލްގެ ނިންމުން

 

ނިންމުން ނަންބަރު: 426-B(4)/2024/087

ބޭއްވުނު ތާރީޚް:  24 ޖުލައި 2024

ޖަލްސާ:2024  ވަނަ އަހަރުގެ 24 ވަނަ ރަސްމީ ޖަލްސާ ( 4ވަނަ ކައުންސިލްގެ 150 ވަނަ ޖަލްސާ)

މައްސަލަ

ޓޫރިޒަމް ކޮމިޓީގެ ރަސްމީ 35 ވަނަ ބައްދަލުވުމުން ނިންމަވާފައިވާ، މައްސަލަތައް ކުރިއަށް ގެންދިއުމާމެދު ކައުންސިލުންގޮތެއް ނިންމުމަށް

މައްސަލަ ހުށަހެޅި ފަރާތް:  ޓޫރިޒަމް ކޮމެޓީ 

ނިންމުން

 

މައްސަލަ ނިމުނުގޮތް:     

        " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޣާޔަތް ކުރުމަށްފަހު، " ޓޫރިޒަމް ކޮމިޓީގެ 35 ވަނަ ބައްދަލުވުމުގައި ހުށަހަޅާފައިވާ4  މައްސަލަތަކުގެ ތެރެއިން 3 ވަނަ މައްސަލައަށް އިސްލާހަކާއި އެކު ކޮމިޓީ އިން ނިންމާފައިވާ ގޮތަށް ކުރިއަށް ގެންދިއުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އަޣްލަބިއްޔަތުން މި ހުށަހެޅުން ފާސްކުރެވުނެވެ.

  1. ފޭދޫ ޓޫރިޒަމް ޒޯންއިން ސްޕާ ތަރައްޤީކޮށް ހިންގުމަށްޓަކައި ސ.މަރަދޫ، ފެހިވިލާގެ އަބްދުﷲ މުޒައްމިލުއަށް ދޫކުރެވިފައިވާ 2000 އަކަފޫޓުގެ SP 2 ޕްލޮޓްގެ ލޮކޭޝަން ބަދަލުކޮށްފައި ވާކަމާއި، ކުރިން އެފަރާތަށް ދޫކޮށްފައިވާ ޕްލޮޓްގެ ލޮކޭޝަން މިހާރު ދޫކޮށްފައިވަނީ SP 4 ޕްލޮޓްގެ ލޮކޭޝަން އަށް ކަމާއި، ކުރީގެ ލޮކޭޝަންގެ ބިމުގެ ސައިޒަކީ 60X30 އަކަފޫޓު ކަމާއި މިހާރު ދޫކޮށްފައިވާ ޕްލޮޓްގެ ސައިޒަކީ 40X49 އަކަފޫޓޫކަމަށް އެފަރާތުން އަންގާފައިވެއެވެ. ޕްލޮޓުގެ ވެރިފަރާތުން ޖަނަވަރީ 2024 ގައި ވަނީ ކުރީގެ ޕްލޮޓުގެ މިންތަކަށް ބިނާކޮށް އިމާރާތުގެ ކުރެހުމެއް ތައްޔާރުކޮށް އެކުރެހުން އެޕްރޫވުކުރުމަށް ފޭދޫ އޮފީހަށް ހުށަހަޅާފައެވެ. ނަމަވެސް ކުރެހުމާއި  ބިމުގެ މިންތަކާއި ދިމާނުވުމުގެ ސަބަބުން ކުރެހުމަށް ހުއްދަ ދެވޭގޮތް ނުވެފައިވުމާއެކު ޕްލޮޓުގެ ލޮކޭޝަން ބަދަލުކުރިކަން އެފަރާތާއި ހިއްސާކޮށްފައި ނުވާކަމަށާއި، ބޭނުންވަނީ ކުރިން ދޫކޮށްފައިވާ ޕްލޮޓުކަމުގައި އޮފީހަށް އަންގާފައެވެ. ވީމާ، ޓޫރިޒަމް ކޮމެޓީއިން މި މައްސަލައާއި ގުޅޭގޮތުން ނިންމަވާފާއިވާ ގޮތައް ކައުންސިލުން  ފާސްކުރުމަށް ފެންނަކަމަށާއި،
  2. ފޭދޫ ޓޫރިޒަމް ޒޯންއިން ގެސްޓްހައުސް ހިންގުމަށްޓަކައި ޖީ އެސް ކޭ އެންޑް ކޯ ޕްރައިވެޓް ލިމިޓެޑްއަށް ދޫކުރެވިފައިވާ 3000 އަކަފޫޓުގެ D2 ޕްލޮޓްގެ ރައިޓްސް ޕްރިމިއަރ ޕްރޮޕަޓީސް ޕްރައިވެޓް ލިމިޓެޑްއަށް ބަދަލު ކުރުމަށް އެދި ހުށަހަޅާފައި ވުމާއި ގުޅިގެން، ޓޫރިޒަމް ކޮމެޓީއިން މި މައްސަލައާއި ގުޅޭގޮތުން ނިންމަވާފާއިވާ ގޮތަށް ކައުންސިލުން  ފާސްކުރުމަށް ފެންނަކަމަށާއި،
  3. އައްޑޫސިޓީގެ ޓޫރިޒަމް އިޝްތިހާރު ކުރުމަށާއި އަދި ބްރޭންޑް ލޯންޗް ކުރުމަށް ޓެކްނިކަލް ބޭފުޅަކާއި އެކު ލަންޑަންގައި ބޭއްވޭ WTM 2024 ގައި އައްޑޫސިޓީ ކައުންސިލުން ބައިވެރިވުމަށާއި މި އެގްޒެބިޝަންގެ ފީގެ ގޮތުގައި ދައްކަންޖެހޭ USD 2600.00 (ދެހާސް ހަސަތޭކަ ޔޫ އެސް ޑޮލަރު) ޓްރަސްޓްފަންޑުން ހަރަދުކުރާގޮތަށް އެމްއެމްޕީއާރްސީ އަށް ދެއްކުމަށާއި އަދި މި އެގްޒިބިޝަންގައި ކައުންސިލްގެ ފަރާތުން ބައިވެރިވާނެ ކައުންސިލަރުން ކަނޑައެޅުމަށްޓަކައި ޓޫރިޒަމް ކޮމެޓީއިން ނިންމަވާފާއިވާ ގޮތަށް ކައުންސިލުން  ފާސްކުރުމަށް ފެންނަކަމަށާއި،
  4. 2024 ވަނަ އަހަރުގެ TTM ގައި އައްޑޫސިޓީ ކައުންސިލުން ބައިވެރިވުމަށާއި އަދި ކައުންސިލުން މި އިވެންޓްގައި ބައިވެރިވާނެ ކައުންސިލަރުން ކަނޑައެޅުމަށްޓަކައި ޓޫރިޒަމް ކޮމެޓީއިން ނިންމަވާފާއިވާ ގޮތަށް ކައުންސިލުން  ފާސްކުރުމަށް ފެންނަކަމަށް.

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، ހުސެއިން ޒަރީރު

ތާއީދު ކުރެއްވި: ކައުންސިލަރ، އާމިނަތު ސަލްމާ

 

ވޯޓް ދެއްވި ގޮތް

ވޯޓުގައި ބައިވެރިވި: 12 ވޯޓު

ފެންނަކަމަށް: 08 ވޯޓް

ނުފެންނަކަމަށް: 04 ވޯޓް

ބައިވެރިވެވަޑައިނުގަންނަވާ: 00

 



ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B(4)/2024/087

ތާރީޚް: 24 ޖުލައި 2024