އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ހުޅުދޫ އިން ޓުއަރިޒަމް ޒޯން ސަރަހައްދުން ވެހިކަލް ޕާކްކުރާ ސަރަހައްދެއް ހެދުމަށް ގޮތެއް ނިންމުމާއި ގުޅޭ

24 ޖުލައި 2024     


ކައުންސިލްގެ ނިންމުން

 

ނިންމުން ނަންބަރު: 426-B(4)/2024/089

ބޭއްވުނު ތާރީޚް:  24 ޖުލައި 2024

ޖަލްސާ:2024  ވަނަ އަހަރުގެ 24 ވަނަ ރަސްމީ ޖަލްސާ ( 4ވަނަ ކައުންސިލްގެ 150 ވަނަ ޖަލްސާ)

މައްސަލަ

ހުޅުދޫ އިން ޓުއަރިޒަމް ޒޯން ސަރަހައްދުން ވެހިކަލް ޕާކްކުރާ ސަރަހައްދެއް ހެދުމަށް ގޮތެއް ނިންމުމަށް.

މައްސަލަ ހުށަހެޅި ފަރާތް:  ކައުންސިލަރ ޙުސައިންފައިޒުއްރަޙްމާން   

ނިންމުން

 

މައްސަލަ ނިމުނުގޮތް:   

    " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޣާޔަތް ކުރުމަށްފަހު، ފޯމާއި އެކު ހުށަހެޅިފައިވާ ޗާޓުގައި ފާހަނގަ ކުރެވިފައިވާ ތަނުގައި އާންމު ޕާކިން އޭރިޔާ އެއް ހެދުމުގެ ހުއްދަ ކެނަރީފްއަށް ދެއްވުމަށް ފާސްކޮށްދެއްވުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، ހުސެއިން ފައިޒުއްރަހްމާން

ތާއީދު ކުރެއްވި: ކައުންސިލަރ، ހުސެއިން ޒަރީރު

 

 

ވޯޓް ދެއްވި ގޮތް

ވޯޓުގައި ބައިވެރިވި: 12 ވޯޓު

ފެންނަކަމަށް: 12 ވޯޓް

ނުފެންނަކަމަށް: 00 ވޯޓް

ބައިވެރިވެވަޑައިނުގަންނަވާ: 00

 
 



ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B(4)/2024/089

ތާރީޚް: 24 ޖުލައި 2024