ކައުންސިލްގެ ނިންމުން
ނިންމުން ނަންބަރު: 426-B(4)/2024/091 |
|
ބޭއްވުނު ތާރީޚް: 31 ޖުލައި 2024 |
ޖަލްސާ:2024 ވަނަ އަހަރުގެ 25 ވަނަ ރަސްމީ ޖަލްސާ ( 4ވަނަ ކައުންސިލްގެ 151 ވަނަ ޖަލްސާ) |
މައްސަލަ |
||||||||||
ސަރުކާރުން އައްޑޫސިޓީގައި ކުރިއަށްގެންދާ ޑިޒައިން އެންޑް ބިލްޑް އޮފް ކޮންސްޓްރަކްޝަން އޮފް ރޯޑްސް އަދި ރިކްލެމޭޝަން މަޝްރޫޢުގެ ދަށުން ގައުކެނޑިއާއި މަރަދޫ ގުޅާލުމަށްޓަކައި ޤާއިމްކުރަމުންދާ ބްރިޖް ނިމޭ ސަރަޙައްދުގައި އޮތް ދެގޯތި، އެހެންތަނަކަށް ބަދަލުކޮށް، ބިމުގައި ކޮށްފައިވާ މަސައްކަތަށް ޢަދަލުވެރި ބަދަލުދިނުމަށްފަހު، ދައުލަތުގެ ބޭނުމަށް މި 2 ގޯތި ނެގުން. |
||||||||||
މައްސަލަ ހުށަހެޅި ފަރާތް: މަރަދޫ އަވަށު އޮފީސް |
||||||||||
ނިންމުން |
||||||||||
މައްސަލަ ނިމުނުގޮތް: " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޣާޔަތް ކުރުމަށްފަހު، މަރަދޫއަވަށު އޮފީހުން ކޮމިޓީއެއް ނެގުމަށާއި އަދުލުވެރި ބަދަލު ދިނުމަށް އަގުކުރުމަށްފަހު މިނިސްޓްރީ އޮފް ފިނޭންސް އަދި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ އާއި މަޝްވަރާކުރުމަށާއި އަދި ގޮތެއް ނިންމަވައި ޢަދަލުވެރި ބަދަލުދިނުމަށްފަހު ދައުލަތުގެ ބޭނުމަށް މި 2 ގޯތި ނެގުމަށް ފާސްކޮށްދެއްވުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.
|
ނިންމުން ޑައުންލޯޑް ކުރެއްވުމަށް
ގައުކެނޑިއާއި މަރަދޫ ގުޅާލުމަށްޓަކައި ޤާއިމްކުރަމުންދާ ބްރިޖް ނިމޭ ސަރަޙައްދުގައި އޮތް 2 ގޯތިއާއި ގުޅޭ