އައްޑޫސިޓީ ކައުންސިލްގެ އިދާރާ

މަރަދޫ މާކަރީ ސެންޓަރުގައި އަޅާ ހޭންޑްބޯލް ކޯޓުގެ ސްޓޭންޑަޑް މިން ހަމަކުރުމަށްޓަކައި އިންވެގެން އޮތް 3 ބިމަށް ބަދަލު ދިނުމާއި ގުޅޭ

31 ޖުލައި 2024     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B(4)/2024/092

ބޭއްވުނު ތާރީޚް:  31 ޖުލައި 2024

ޖަލްސާ:2024  ވަނަ އަހަރުގެ 25 ވަނަ ރަސްމީ ޖަލްސާ ( 4ވަނަ ކައުންސިލްގެ 151 ވަނަ ޖަލްސާ)

މައްސަލަ

މަރަދޫ މާކަރީ ސެންޓަރުގައި އަޅާ ހޭންޑްބޯލް ކޯޓުގެ ސްޓޭންޑަޑް މިން ހަމަކުރުމަށްޓަކައި،  ކޯޓުއަޅާ ބިމާއި އިންވެގެން އޮތް 3 ގޯތި "ކާސާނީސް" "ފިނިވިލު" އަދި "ފިނިވިލުއާގެ" ވެރި ފަރާތްތަކަށް ޢަދުލުވެރި ބަދަލު ދިނުމަށްފަހު، ދަޢުލަތުގެ ބޭނުމަށް ގޯތިތައް ނެގުމަށް  

މައްސަލަ ހުށަހެޅި ފަރާތް:  މަރަދޫ އަވަށު އޮފީސް

ނިންމުން

މައްސަލަ ނިމުނުގޮތް:   

    " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޣާޔަތް ކުރުމަށްފަހު، ހޭންޑްބޯލް ކޯޓުއަޅާ ބިމާއި އިންވެގެން އޮތް 3 ގޯތި " ކާސާނީސް"، "ފިނިވިލު " އަދި " ފިނިވިލުއާގެ" ވެރި ފަރާތްތަކަށް ޢަދުލުވެރި ބަދަލު ދިނުމަށްފަހު،  ދަޢުލަތުގެ ބޭނުމަށް ގޯތިތައް ނެގުމަށާއި ލޭންޑް ޔޫޒް ޕްލޭން ނިމުމުން މަރަދޫ އިން ހިއްކާފައިވާ ސަރަހައްދުން ބިން ދިނުމަށް ފާސްކޮށްދެއްވުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، އަހްމަދު ނާދިރު

ތާއީދު ކުރެއްވި: ކައުންސިލަރ، ހުސެއިން ފައިޒުއްރަހްމާން

 

ވޯޓް ދެއްވި ގޮތް

ވޯޓުގައި ބައިވެރިވި: 10 ވޯޓު

ފެންނަކަމަށް: 10 ވޯޓް

ނުފެންނަކަމަށް: 00 ވޯޓް

ބައިވެރިވެވަޑައިނުގަންނަވާ: 10

 



ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B(4)/2024/092

ތާރީޚް: 31 ޖުލައި 2024