ކައުންސިލްގެ ނިންމުން
ނިންމުން ނަންބަރު: 426-B(4)/2024/096 |
|
ބޭއްވުނު ތާރީޚް: 31 ޖުލައި 2024 |
ޖަލްސާ:2024 ވަނަ އަހަރުގެ 25 ވަނަ ރަސްމީ ޖަލްސާ ( 4ވަނަ ކައުންސިލްގެ 151 ވަނަ ޖަލްސާ) |
މައްސަލަ |
||||||||||
އައްޑޫ ސިޓީ ކައުންސިލްގެ މާލީހިންގުން ހަރުދަނާކުރުން |
||||||||||
މައްސަލަ ހުށަހެޅި ފަރާތް: ޑެޕިއުޓީ މޭޔަރ، މުހައްމަދު ޝުއާއު |
||||||||||
ނިންމުން |
||||||||||
މައްސަލަ ނިމުނުގޮތް: " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޣާޔަތް ކުރުމަށްފަހު، އައްޑޫސިޓީ ލޯކަލްއޮތޯރިޓީގެ އެމްޑީ އަކީ ފައިނޭންޝިއަލް ބެކްގުރައުންޑް ހުރިބޭފުޅަކަށްވެފައި މިވަގުތު އިދާރިގޮތުން މަސައްކަތްކުރާނެ ފަންނީ މުއައްޒަފުންވެސް ތިބުމާއިކު ކުންފުނީގެ ހިންގުމުގެ ގިނަ ކަންކަން ކައުންސިލްގެ މާލީ ދަތިތަކާ އިދާރީދަތިތަކާހުރެ މިވަގުތު މަޑުޖެހިފައިވާތީ ކައުންސިލްގެ ފައިނޭންސް ޓީމްއާއެކު އެމްޑީ އިސްވެ މަސައްކަތްކޮށް ކައުންސިލްގެ އާމްދަނީ އަދި ހަރަދުތަކާ އަދި ކޭޝްފްލޯ ކައުންސިލްއަށް ސާފުވާނެހެން ކައުންސިލްއަށް ރިޕޯޓްކުރެވޭނެ މެކޭނިޒަމްއެއް މިއިދާރާގެ ފައިނޭންސް ސެކްޝަންއާ ގުޅިގެން ކުރިއަށްގެންގޮސް 2 ހަފްތާތެރޭގައި އެންމެލަސްވެގެން ކައުންސިލްއަށް ހުށަހަޅައިދިނުން، އަދި ކުންފުނީގެ މުއައްޒަފުންގެ އެހީތެރިކަމާއެކީ ކައުންސިލްގެ ކުލީބިމުގެ ދަފްތަރު އަދާހަމަކޮށް ފައިސާ ނުދައްކާފަރާތްތައް ކައުންސިލްއަށް އެނގޭނެ ވަގުތީ ޕްލެޓްފޯމްއެއް ތައްޔާރުކުރުމާއެކު މުޅި ކައުންސިލްގެ ރިސީވަބަލް ޑިޖިޓަލައިސްކޮށް ފަސޭހައިން އެނގޭނެ ޕްލެޓްފޯމްއެއް ގާއިމްކުރުމަށް ހަރަދުހިނގާނެ ކަމެއްނަމަ ތަފްސީލްއާ އެކު ކައުންސިލަށް ހުށައަޅުއްވައިގެން އެމަސައްކަތް ކުރިއަށްގެންދިއުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.
|
ނިންމުން ޑައުންލޯޑް ކުރެއްވުމަށް
އައްޑޫ ސިޓީ ކައުންސިލްގެ މާލީހިންގުން ހަރުދަނާކުރުމާއި ގުޅޭ