ކައުންސިލްގެ ނިންމުން
ނިންމުން ނަންބަރު: 426-B(4)/2024/099 |
|
ބޭއްވުނު ތާރީޚް: 08 އޮގަސްޓް 2024 |
ޖަލްސާ:2024 ވަނަ އަހަރުގެ 26 ވަނަ ރަސްމީ ޖަލްސާ ( 4ވަނަ ކައުންސިލްގެ 152 ވަނަ ޖަލްސާ) |
މައްސަލަ |
||||||||||
މީދޫ އިން 100 ގޯތި ދޫކުރުމަށް ކަނޑައަޅާފައިވާ ޞަރަޙައްދަށް ބަދަލުގެނައުމަށް ކައުންސިލުން ނިންމެވި ނިންމެވުމާގުޅިގެން މީދޫގެ އެލް.ޔޫ.ޕީ އަށް ގެންނަންޖެހޭ ބަދަލުތަކާއި، މީދޫއިން ކުލީ ބިންތައް ދޫކުރުމަށްޓަކައި އެލް.ޔޫ.ޕީ އަށް ގެންނަންޖެހޭ ބަދަލުތައް ކައުންސިލުން އެންޑޯރސް ކުރުން. |
||||||||||
މައްސަލަ ހުށަހެޅި ފަރާތް: ކައުންސިލަރ އާމިނަތު ޞާލިޙާ |
||||||||||
ނިންމުން |
||||||||||
މައްސަލަ ނިމުނުގޮތް: " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޣާޔަތް ކުރުމަށްފަހު، މީދޫއިން ގޯތި ދޫކުރުމަށްޓަކައި ކައުންސިލްގެ ނަންބަރު 426-B(4)/2024/081 ނިންމެވުމުން ނިންމަވާފައިވާ ތަންތަން، އެލް.ޔޫ.ޕީގައި 'ރެޒިޑެންޝަލް' ތަންތަނުގެ ގޮތުގައި ހިމެނުމަށާއި، ކުލީ ބިންތަކުގެ ގޮތުގައި ދޫކުރުމަށް ކަނޑައަޅާ ތަންތަނަށް ގެންނަންޖެހޭ ބަދަލުތައް އެލް.ޔޫ.ޕީ އަށް ގެނައުމަށާއި ޤާނޫނާއި ޤަވާއިދާއި އެއްގޮތްވާ ގޮތުގެ މަތިން ލޭންޑް ޔޫޒް ޕްލޭން ފާސްކުރުމަށް ރައްޔިތުންގެ ހިޔާލާއި މަޝްވަރާއާއި އެކު ލޭންޑް ޔޫޒް ޕެލޭން އެންޑޯޒްކުރުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.
|
ނިންމުން ޑައުންލޯޑް ކުރެއްވުމަށް
މީީދޫގެ އެލް.ޔޫ.ޕީ އަށް ގެންނަންޖެހޭ ބަދަލުތަކާއި، ކުލީ ބިންތައް ދޫކުރުމަށްޓަކައި އެލް.ޔޫ.ޕީ އަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި ގުޅޭ