އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ޢަރަފާތު ޚައްޖު އެންޑް ޢުމްރާ ޕ.ލ.ޓގެ ޕޯސްޓަރުތައް އައްޑޫސިޓީގެ އެކި ސަރަޙައްދުތަކުގައި،2 އަހަރު ދުވަހުގެ މުއްދަތަށް އަގަކާނުލައި ހަރުކުރުމާއި ގުޅޭ

25 ސެޕްޓެމްބަރ 2024     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B(4)/2024/124

ބޭއްވުނު ތާރީޚް:25 ސެޕްޓެމްބަރ 2024

ޖަލްސާ:2024  ވަނަ އަހަރުގެ 32 ވަނަ ރަސްމީ ޖަލްސާ ( 4ވަނަ ކައުންސިލްގެ 158 ވަނަ ޖަލްސާ)

 

މައްސަލަ

ހުށަހެޅުނު މައްސަލަ:  

ޢަރަފާތު ޚައްޖު އެންޑް ޢުމްރާ ޕ.ލ.ޓ ގްރޫޕުގެ ޕޯސްޓަރުތައް އައްޑޫސިޓީގެ އެކި ސަރަޙައްދުތަކުގައި،2 އަހަރު ދުވަހުގެ މުއްދަތަށް އަގަކާނުލައި ހަރުކުރުމުގެ ހުއްދަދެއްވުން އެދި

މައްސަލަ ހުށަހެޅި ފަރާތް:  އެޗް.އާރު ޔުނިޓް

ނިންމުން

މައްސަލަ ނިމުނުގޮތް:

        " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، އައްޑޫ ސިޓީގެ ޢާންމު ތަންތަނާއި މަގުމަތީގައި އިޢުލާނާއި އިޝްތިހާރު ހަރުކުރުމާބެހޭ އުޞޫލު ކައުންސިލުން އެކުލަވާލައި ފާސްކޮށްފައިވާހިނދު، ޖަމިޢްޔާ ޖަމާޢަތްތަކުން ކުރާ މަސައްކަތްތަކަކީ މުޖުތަމަޢުއަށް މުހިންމު އިޖުތިމައީ ބޭނުންތަކަށް ގިނަފަހަރަށް މަދު ބަޖެޓަކުން މަސައްކަތްތަކެއް ރާވައި އިންތިޒާމުކުރާ ފަރާތްތަކެއް ކަމަށްވާތީ، ހުށަހެޅިފައިވާ މައްސަލަފަދަ އިޖުތިމާޢީ ބޭނުންތަކަށް އިޢުލާނާއި އިޝްތިހާރު ހަރުކުރުމާބެހޭ ކަންކަމުގައި އަގަކާ ނުލައި ޖަމިޢްޔާ ޖަމާޢަތްތަކަށް އިޢުލާނާއި އިޝްތިހާރު ހަރުކުރެވޭނެ ފަދައިން އުޞޫލު ބައްޓަންވުން މުޙިންމުކަމަށް ފެންނާތީ، ޖަމިޢްޔާ ޖަމާޢަތްތަކަށް އަގަކާނުލައި އިޢުލާނާއި އިޝްތިހާރު ހަރުކުރެވޭނެ ފަދައިން އުޞޫލު އިޞްލާޙުކޮށްގެން، ހުށަހަޅާފައިވާ ގޮތަށް ޢަރަފާތު ޙައްޖު އެންޑް ޢުމްރާ ޕ.ލ.ޓ. ގްރޫޕުގެ ޕޯސްޓަރުތައް 02 އަހަރު ދުވަހުގެ މުއްދަތަށް އަގަކާއިނުލައި ހަރުކުރުމުގެ ހުއްދަ ދިނުމަށް ނިންމަން ހުށަހަޅަން

މިގޮތުން، ބުނެވިދިޔަ އުޞޫލުގެ 16 ވަނަ މާއްދާގެ (ރ)ގެ ފަހަތަށް އަންނަނިވި ފަދައިން އިސްތިސްނާ މާއްދާއެއް އިތުރުކޮށް، އުޞޫލު އިޞްލާޙުކުރުމަށާއި އަދި

(16) (ބ)  މިއުޞޫލުގެ އެހެން މާއްދާއެއްގައި އެހެންގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް، އިޖުތިމާޢީ ބޭނުމަކަށް ޖަމިޢްޔާ ޖަމާއަތްތަކުން އިޢުލާނާއި އިޝްތިހާރު ހަރުކުރުމަށް އެދި ހުށަހަޅާ ހުށަހެޅުންތަކުގައި، އެފަރާތުން އިޢުލާނުކުރަން ބޭނުންވާ ޙަރަކާތުގެ ސަބަބުން މުޖުތަމަޢުއަށް ކުރާނެ ފައިދާއަށް ބަލައި، އަގަކާނުލައި، އިޢުލާނާއި އިޝްތިހާރު ހަރުކުރުމުގެ ހުއްދަފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ތާއީދު ކުރެއްވި:  ކައުންސިލަރ، އަޙްމަދު ނާދިރު

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ، އަޙްމަދު ސަޢީދު

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 09 ވޯޓް

ވޯޓުގައި ބައިވެރިވި: 09 ވޯޓް




ބާވަތް: ނިންމުން

ދައުރު: ފުރަތަމަ ދައުރު

ނަންބަރ: 426-B(4)/2024/124

ތާރީޚް: 25 ސެޕްޓެމްބަރ 2024