ކައުންސިލްގެ ނިންމުން
ނިންމުން ނަންބަރު: 426-B(4)/2025/75-06 |
|
ބޭއްވުނު ތާރީޚް: 16 ޖުލައި 2025 |
ޖަލްސާ:2025 ވަނަ އަހަރުގެ 24 ވަނަ ރަސްމީ ޖަލްސާ ( 4ވަނަ ކައުންސިލްގެ 194 ވަނަ ޖަލްސާ) |
މައްސަލަ |
||
ހުށަހެޅުނު މައްސަލަ: ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމިޓީގެ ރަސްމީ 90 ވަނަ ބައްދަލުވުމުގައި ނިންމަވާފައިވާ/ ލަފާ ދީފައިވާ މައްސަލަތައް ކުރިއަށް ގެންދިއުމާމެދު ގޮތެއް ނިންމަވައި ދެއްވުން އެދި |
||
މައްސަލަ ހުށަހެޅި ފަރާތް: ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމިޓީ |
||
ނިންމުން |
||
މައްސަލަ ނިމުނުގޮތް: " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު" ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމިޓީގެ 90 ވަނަ ބައްދަލުވުމުގައި ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރެއިން ދެވަނަ އަށް ހުށަހެޅިފައިވާ މައްސަލައިގައިވާ އިދާރީކުށް، މަރަދޫ ގެ ބަދަލުގައި މަރަދޫފޭދޫ އަށް އިސްލާޚްކޮށް، މިމައްސަލަ ކޮމިޓީއިން ނިންމާފައިވާ ގޮތަށް ކުރިއަށް ގެންދިއުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.
ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމިޓީއިން ހުށަހަޅާފައިވާ މައްސަލަ ސ.ހިތަދޫ، ޕްރިމްރޯޒް މުޙައްމަދު ރިޔާޒް އަށް ނަންބަރު: 426-AE/INDIV/2014/179 އެއްބަސްވުމުން ދޫކުރެވިފައިވާ ކުލީބިމުގެ މުއްދަތު އިތުރުކޮށްދިނުމަށް އެދިފައިވާ މައްސަލައާއި ގުޅިގެން ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމެޓީއިން ނިންމަވާފާއިވާ ގޮތަށް ކުރިއަށްގެންދިއުމަށް ފެންނަކަމަށް، ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ. |
||
ވޯޓް ދެއްވި ގޮތް |
ބައިވެރިވެވަޑައިނުގަންނަވާ:00 ވޯޓް |
ނުފެންނަކަމަށް: 00 ވޯޓް. |
ފެންނަކަމަށް:10 ވޯޓް |
ވޯޓުގައި ބައިވެރިވި: 10 ވޯޓް |
ނިންމުން ޑައުންލޯޑް ކުރެއްވުމަށް
