އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ހިތަދޫ އަވަށުން އިވެލުއޭޝަންގައި އެވޯޑު ކުރުމަށް ލަފާ އަރުވާފައިވާ 07 ކުލީ ބިން އެވޯޑުކުރުމާއި ގުޅޭ

16 ޖުލައި 2025     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B(4)/2025/77

ބޭއްވުނު ތާރީޚް: 16 ޖުލައި 2025

ޖަލްސާ:2025 ވަނަ އަހަރުގެ 24 ވަނަ ރަސްމީ ޖަލްސާ ( 4ވަނަ ކައުންސިލްގެ 194 ވަނަ ޖަލްސާ)

މައްސަލަ

ހުށަހެޅުނު މައްސަލަ:  

އައްޑޫ ސިޓީ ހިތަދޫ އަވަށުން 07 ބިން ކުއްޔަށް ދޫކުރުމަށް ކުރެވުނު ނަންބަރު: (IUL)426-AE/426/2025/151 އިޢުލާނުގެ ދަށުން  ހުށަހެޅި ބީލަންތަކުގެ ތެރެއިން،  ކުލީ ބިން KB 03  އަދި KB26 އަށް ހުށަހެޅި ޝަކުވާއަކާ ގުޅިގެން، މި 2 ބިމުގެ ރީ - އިވެލުއޭޝަން ކުރިއަށް ގެންދެވިފައިވާތީ، ކޮމިޓީން ނިންމަވާފައިވާ ގޮތުގެމަތީން ކުލީ ބިން KB03   އަދި KB26 ގެ ބީލަން އެވޯޑު ކުރުމާއި މެދު ގޮތެއް ނިންމަވައި ދެއްވުން އެދި 

މައްސަލަ ހުށަހެޅި ފަރާތް: ލޭންޑް އިވަލުއޭޝަން ކޮމިޓީ 

ނިންމުން

މައްސަލަ ނިމުނުގޮތް:

" މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު،" އައްޑޫ ސިޓީ ހިތަދޫ އަވަށުން 07 ބިން ކުއްޔަށް ދޫކުރުމަށް ކުރެވުނު ނަންބަރު:  (IUL)426-AE/426/2025/151އިޢުލާނުގެ ދަށުން ހުށަހެޅި ބީލަންތަކުގެ ތެރެއިން،  ކުލީ ބިން KB03 އަދި KB26 އަށް ބިމުގެ ރީ އިވެލުއޭޝަން ކުރިއަށް ގެންދެވިފައިވާތީ، ލޭންޑް އިވަލުއޭޝަން ކޮމިޓީން ނިންމަވާފައިވާ ގޮތުގެމަތީން ކުލީ ބިން KB03 އަދި KB26 ގެ ބީލަން އެވޯޑު ކުރުމުގައި ކޮމިޓީގެ ނިންމުމާއި އެއްގޮތްވާ ގޮތުގެމަތީން ތިރީގައި ދެންނެވިފައިވާ ފަރާތްތަކަށް ބީލަން އެވޯޑު ކުރުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އަޣްލަބިއްޔަތުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ބީލަން އެވޯޑު ކުރުމަށް ފެންނަ

ކުލީ ބިމުގެ ނަންބަރު

ބިމުގެ ބޮޑުމިން

ކުއްޔަށް ދޫކުރާ ބޭނުން 

އެވޯޑު ކުރުމަށް ފެންނަ ފަރާތްތައް

KB03

4161.75 އަކަފޫޓް

ގަރާޖް ވޯކްޝޮޕް ހިންގުމުގެ މަސައްކަތަށް

ARROW BROTHERS INVESTMENT

KB26

2821 އަކަފޫޓް

ގަރާޖް ވޯކްޝޮޕް ހިންގުމުގެ މަސައްކަތަށް

Auto Movers

 

ތާއީދު ކުރެއްވި: ކައުންސިލަރ، ޑރ.އާމިނަތު އަދާލާ ރަޝީދު

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، ޙުސައިން ފައިޒުއްރަޙްމާން

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ:00 ވޯޓް  

ނުފެންނަކަމަށް: 01 ވޯޓް.

ފެންނަކަމަށް: 09  ވޯޓް

ވޯޓުގައި ބައިވެރިވި: 09 ވޯޓް




ބާވަތް: ނިންމުން

ދައުރު: ފުރަތަމަ ދައުރު

ނަންބަރ: 426-B(4)/2025/77

ތާރީޚް: 16 ޖުލައި 2025