އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫސިޓީ ކައުންސިލާއި އޭ.އައި.އޭއާ ދެމެދު ވެވިފައިވާ އެއްބަސްވުމުގައިވާ ޖޮއިންޓް ކޯޑިނޭޝަން ކޮމިޓީއަށް ކައުންސިލްގެ ފަރާތުން މެމްބަރުން ކަނޑައެޅުން

24 ޖުލައި 2025     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B(4)/2025/82

ބޭއްވުނު ތާރީޚް: 24 ޖުލައި 2025

ޖަލްސާ:2025 ވަނަ އަހަރުގެ 25 ވަނަ ރަސްމީ ޖަލްސާ ( 4ވަނަ ކައުންސިލްގެ 195 ވަނަ ޖަލްސާ)

މައްސަލަ

ހުށަހެޅުނު މައްސަލަ:  

އައްޑޫސިޓީ ކައުންސިލް އާއި އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓު އާއި ދެމެދު ވެވިފައިވާ އެއްބަސްވުމުގައިވާ ޖޮއިންޓް ކޯޑިނޭޝަން ކޮމިޓީއަށް ކައުންސިލްގެ ފަރާތުން މެމްބަރުން ކަނޑައެޅުމަށް އެދި

މައްސަލަ ހުށަހެޅި ފަރާތް: ކައުންސިލް ބިއުރޯ

ނިންމުން

މައްސަލަ ނިމުނުގޮތް:

" މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު،"   އައްޑޫސިޓީ ކައުންސިލް އާއި އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓު އާއި ދެމެދު ވެވިފައިވާ އެއްބަސްވުމުގައިވާ ޖޮއިންޓް ކޯޑިނޭޝަން ކޮމިޓީގެ މެމްބަރުންގެ ގޮތުގައި ޑެޕިއުޓީ މޭޔަރ، މުޙައްމަދު ޝުޢާޢު އަދި ކައުންސިލް އެގްޒެކެޓިވް، ނޫރާ ޖަލީލް ހަމަޖެއްސުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ތާއީދު ކުރެއްވި: ކައުންސިލަރ، އަޙްމަދު ނާދިރު

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ، އަޙްމަދު ސަޢީދު

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ:00 ވޯޓް  

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 07  ވޯޓް

ވޯޓުގައި ބައިވެރިވި: 07 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B(4)/2025/82

ތާރީޚް: 24 ޖުލައި 2025