އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ހިތަދޫ ފްލެޓް ޕާރކް ތަރައްޤީކޮށް ބަލަހައްޓާނެ ފަރާތެއްހޯދުމަށް ކައުންސިލުން ގޮތެއް ނިންމަވައި ދެއްވުން އެދި

13 އޯގަސްޓް 2025     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B(4)/2025/87

ބޭއްވުނު ތާރީޚް: 13 އޮގަސްޓް 2025

ޖަލްސާ:2025 ވަނަ އަހަރުގެ 28 ވަނަ ރަސްމީ ޖަލްސާ ( 4ވަނަ ކައުންސިލްގެ 198 ވަނަ ޖަލްސާ)

މައްސަލަ

ހުށަހެޅުނު މައްސަލަ:  

ހިތަދޫ ފްލެޓް ޕާރކް ތަރައްޤީކޮށް ބަލަހައްޓާނެ ފަރާތެއްހޯދުމަށް ކައުންސިލުން ގޮތެއް ނިންމަވައި ދެއްވުން އެދި

މައްސަލަ ހުށަހެޅި ފަރާތް:  ޕްރޮޖެކްޓްސް ޑިވެލޮޕްމަންޓް ޔުނިޓް

ނިންމުން

މައްސަލަ ނިމުނުގޮތް:

" މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، ހިތަދޫ ފްލެޓް ޕާރކް މަރާމާތުކޮށް އިތުރަށް ތަރައްޤީކުރުމާއި އެކު ދެމެހެއްޓެނިވި ގޮތެއްގެ މަތިން ޕާރކް ބެލެއްޓޭނެ ގޮތެއް ފަހިކޮށްދިނުމަށްޓަކައި 10 އަހަރުދުވަހުގެ މުއްދަތައް ހިތަދޫ ފްލެޓްގެ އެތެރޭގެ ޕާރކް ތަރައްޤީކޮށް ބަލަހައްޓާނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރުމަށާއި ޕާރކް ތަރައްޤީކޮށް ބެލެހެއްޓުމުގެ މަސައްކަތް ކުރިއަށްގެންދާ ފަރާތަށް އެސަރަހައްދުން 1000 ( އެއްހާސް ) އަކަފޫޓްގެ ބިމެއް ކުއްޔަށްދޫކުރުމަށާއި އަދި ކުއްޔަށް ދޫކުރެވޭ 1000 އަކަފޫޓްގެ ބިމުގެ ކުލީގެ ގޮތުގައި އަކަފޫޓަކަށް 1 ރުފިޔާ ނެގުމަށާއި ކުލީގެ ގޮތުގައި 01 އަހަރު ދުވަހުގެ ގްރޭސް ޕީރިއަޑެއް ދިނުމަށްފަހު ކުލި ނެގުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ތާއީދު ކުރެއްވި:  ކައުންސިލަރ، ކައުންސިލަރ، ހުސައިން ޒަރީރު

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، ޑރ.އާމިނަތު އަދާލާ ރަޝީދު

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ:00 ވޯޓް  

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 10  ވޯޓް

ވޯޓުގައި ބައިވެރިވި: 10 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B(4)/2025/87

ތާރީޚް: 13 އޯގަސްޓް 2025