އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އެރައިސް އައްޑޫ ގްރިޑް-އަޕްގްރޭޑިންގ މަޝްރޫއުގެ މަސައްކަތަށް ގެންނަ މެޓީރިއަލް ބެހެއްޓުމަށް ވަގުތީ ސައިޓް ހަމަޖެއްސުމަށް

1 އޮކްޓޯބަރ 2025     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B(4)/2025/113

ބޭއްވުނު ތާރީޚް: 01  އޮކްޓޯބަރ 2025

ޖަލްސާ:2025 ވަނަ އަހަރުގެ 35 ވަނަ ރަސްމީ ޖަލްސާ ( 4ވަނަ ކައުންސިލްގެ 205 ވަނަ ޖަލްސާ)

މައްސަލަ

ހުށަހެޅުނު މައްސަލަ:  

އެރައިސް އައްޑޫ ގްރިޑް-އަޕްގްރޭޑިންގ މަޝްރޫއުގެ މަސައްކަތަށް ގެންނަ މެޓީރިއަލް ބެހެއްޓުމަށް ވަގުތީ ސައިޓް ހަމަޖެއްސުމަށް.

މައްސަލަ ހުށަހެޅި ފަރާތް:  ލޭންޑް އެންޑް ހައުސިންގް ޔުނިޓް

ނިންމުން

މައްސަލަ ނިމުނުގޮތް:

" މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، ކުރިންވެސް އެފަރާތަށް ދޫކޮށްފައިވާ ބިމުގައި މަސައްކަތްކުރުމަށާއި މިނިސްޓްރީގެ ސިޓީގައި އެދިފައިވާ ބިން ހަމަޖެއްސުމާ މެދު ލޯކަލް ގަވަރމަންޓް އޮތޯރިޓީ އަށް ހުށަހަޅައިގެން އެފަރާތުގެ މަޝްވަރާއާ އެކު އަލުން ކައުންސިލަށް ހުށަހެޅުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ތާއީދު ކުރެއްވި:  ކައުންސިލަރ، ޙުސައިން ޒަރީރު

ހުށަހެޅުން ހުށަހެޅި: ޑެޕިއުޓީ މޭޔަރ، މުޙައްމަދު ޝުޢާޢު

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ:01 ވޯޓް  

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 07  ވޯޓް

ވޯޓުގައި ބައިވެރިވި: 08 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B(4)/2025/113

ތާރީޚް: 1 އޮކްޓޯބަރ 2025