އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ހުޅުދޫގައި އަދި ހިތަދޫ ސްކޫލް ކުރިމަތިން އޭޓީއެމް މެޝިން ބެހެއްޓުމަށް ބިން ހަމަޖެއްސުމާ ގުޅޭ

1 އޮކްޓޯބަރ 2025     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B(4)/2025/114

ބޭއްވުނު ތާރީޚް: 01  އޮކްޓޯބަރ 2025

ޖަލްސާ:2025 ވަނަ އަހަރުގެ 35 ވަނަ ރަސްމީ ޖަލްސާ ( 4ވަނަ ކައުންސިލްގެ 205 ވަނަ ޖަލްސާ)

މައްސަލަ

ހުށަހެޅުނު މައްސަލަ:  

ބޭންކް އޮފް މޯލްޑިވްސްއިން އައްޑޫ ސިޓީގައި ރައްޔިތުންނަށް ފޯރުކޮށްދޭ ޙިދުމަތްތައް އިތުރަށް ފުޅާކުރުމަށް ހުޅުދޫގައި އޭޓީއެމް މެޝިނެއް ބެހެއްޓުމަށް ބޭނުންވާތީ ހުޅުދޫ އިން ބިމެއް ހަމަޖައްސުމަށާއި އަދި ހިތަދޫ ސްކޫލް ކުރިމަތިން  އޭޓީއެމް ބެހެއްޓުމަށް ކަނޑައެޅިފައިވާ ބިމުގައި މިހާރު ބިޒްނަސް ސެންޓަރެއް ހެދުމަށް އެފަރާތުން ނިންމާފައިވާތީ ހިތަދޫ ސްކޫލް ކުރިމަތިން  އޭޓީއެމް ބެހެއްޓުމަށް ކައުންސިލްގެ 426-B(4)/2024/133 ނަންބަރ ނިންމުމުން ނިންމާފައިވާ 300 އަކަފޫޓުގެ ބިން 1000 އަކަފޫޓަށް ބޮޑުކޮށްދިނުމަށް ބޭންކް އޮފް މޯލްޑިވްސްއިން އެދިފައިވާ މައްސަލަ

މައްސަލަ ހުށަހެޅި ފަރާތް:  ލޭންޑް އެންޑް ހައުސިންގް ޔުނިޓް

ނިންމުން

މައްސަލަ ނިމުނުގޮތް:

" މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، ކުރިންވެސް ބޭންކް އޮފް މޯލްޑިވްސް އަށް ދޫކޮށްފައިވާ 300 އަކަފޫޓުގެ ބިމުގައި މަސައްކަތް ކުރިއަށް ގެންދިއުމަށާއި އަދި މިހާރު އެދިފައިވާ ބިންތައް ދޫކުރެވެން އޮތީ ލާމަރުކަޒީ ގާނުނުގެ 16 ވަނަ އިސްލާހާއި ގުޅިގެން އެކުލަވާލަންޖެހޭ އުސޫލު ގެޒެޓް ކުރެވިގެންކަން ބޭންކް އޮފް މޯލްޑިވްސް އަށް އެންގުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އަޣްލަބިއްޔަތުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ތާއީދު ކުރެއްވި:  ކައުންސިލަރ، އިބްރާހިމް ޝިނާޒް

ހުށަހެޅުން ހުށަހެޅި: ޑެޕިއުޓީ މޭޔަރ، މުޙައްމަދު ޝުޢާޢު

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ:01 ވޯޓް  

ނުފެންނަކަމަށް: 03 ވޯޓް.

ފެންނަކަމަށް: 04  ވޯޓް

ވޯޓުގައި ބައިވެރިވި: 08 ވޯޓް




ބާވަތް: ނިންމުން

ދައުރު: ފުރަތަމަ ދައުރު

ނަންބަރ: 426-B(4)/2025/114

ތާރީޚް: 1 އޮކްޓޯބަރ 2025