ކައުންސިލްގެ ނިންމުން
|
ނިންމުން ނަންބަރު: 426-B(4)/2025/115 |
|
|
ބޭއްވުނު ތާރީޚް: 01 އޮކްޓޯބަރ 2025 |
ޖަލްސާ:2025 ވަނަ އަހަރުގެ 35 ވަނަ ރަސްމީ ޖަލްސާ ( 4ވަނަ ކައުންސިލްގެ 205 ވަނަ ޖަލްސާ) |
|
މައްސަލަ |
|
|
ހުށަހެޅުނު މައްސަލަ: ފޭދޫގެ ޓުއަރިޒަމް ޒޯނަށް ފެނާއި ނަރުދަމާގެ ނެޓްވޯކް އެކްސްޓެންޑް ކުރުމަށް ޕަމްޕް ސެޓޭޝަނެއް ޤާއިމް ކުރުމަށް ބިމެއް ހޯދުމަށް އެދި ފެނަކަ ކޯޕަރޭޝަން ލިމިޓެޑް އިން އެދިވަޑައިގެންފައިވާ މައްސަލައިގައި ގޮތެއް ނިންމަވާ ދެއްވުން އެދި. |
|
|
މައްސަލަ ހުށަހެޅި ފަރާތް: ލޭންޑް އެންޑް ހައުސިންގް ޔުނިޓް |
|
|
ނިންމުން |
|
|
މައްސަލަ ނިމުނުގޮތް: " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، މިއަދު ޖަލްސާއަށް ހުށަހަޅާފައިވާ ތިން ބިމާއި ކައުންސިލުން ދޫކުރުމަށް ހަމަޖެހިފައިވާ އެހެނިހެން ބިން ދޫކުރުމާއި މެދު ލޯކަލް ގަވަރމަންޓް އޮތޯރިޓީ ގެ ލަފާ ހޯދުމަށް ފަހު އަލުން ކައުންސިލަށް ހުށަހަޅައިގެން ކުރިޔަށް ގެންދިޔުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިޢްތިފާގުން މި ހުށަހެޅުން ފާސްކުރެވުނެވެ. |
|
|
ތާއީދު ކުރެއްވި: ކައުންސިލަރ، އިބްރާހިމް ޝިނާޒް |
ހުށަހެޅުން ހުށަހެޅި: ޑެޕިއުޓީ މޭޔަރ، މުޙައްމަދު ޝުޢާޢު |
|
ވޯޓް ދެއްވި ގޮތް |
|
|
ބައިވެރިވެވަޑައިނުގަންނަވާ:02 ވޯޓް |
ނުފެންނަކަމަށް: 00 ވޯޓް. |
ފެންނަކަމަށް: 06 ވޯޓް |
ވޯޓުގައި ބައިވެރިވި: 08 ވޯޓް |
ނިންމުން ޑައުންލޯޑް ކުރެއްވުމަށް

