އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމިޓީގެ 96 ވަނަ ބައްދަލުވުމުގެ ނިންމަވާފައިވާ ލަފާ ދީފައިވާ މައްސަލައާ ގުޅޭ

8 އޮކްޓޯބަރ 2025     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B(4)/2025/116

ބޭއްވުނު ތާރީޚް: 08 އޮކްޓޯބަރ 2025

ޖަލްސާ:2025 ވަނަ އަހަރުގެ 36 ވަނަ ރަސްމީ ޖަލްސާ ( 4ވަނަ ކައުންސިލްގެ 206 ވަނަ ޖަލްސާ)

މައްސަލަ

ހުށަހެޅުނު މައްސަލަ:

ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމިޓީގެ ރަސްމީ 96 ވަނަ ބައްދަލުވުމުގައި ނިންމަވާފައިވާ/ ލަފާ ދީފައިވާ މައްސަލަތަކަށް ގޮތެއް ނިންމަވައި ދެއްވުން އެދި

  މައްސަލަ ހުށަހެޅި ފަރާތް:  ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމިޓީ

ނިންމުން

    މައްސަލަ ނިމުނުގޮތް:

  " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު "ލޭންޑް އެންޑް ޓްރާންސްޕޯޓް  ކޮމިޓީގެ ރަސްމީ 96 ވަނަ ބައްދަލުވުމުން ނިންމަވާފައިވާ މައްސަލަތައް، ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢު ކޮށްފައިވާ އުސޫލު ނަންބަރު 2025/G-20 އާއި އެއްގޮތަށް ކުރިއަށް ގެންދިއުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމިޓީއިން ހުށަހަޅާފައިވާ މައްސަލަ

  1. ސ.ހިތަދޫ، ނާޒް ޙުސައިން ހިލްމީ އަށް ނަންބަރު: (AGR)426-AB/INDIV/2021/195 އެއްބަސްވުމުން ދޫކުރެވިފައިވާ ކުލީ ބިމުގެ މުއްދަތު އިތުރުކޮށްދިނުމަށް އެފަރާތުން އެދިފައިވާތީ އެކަމަށް ގޮތެއް ނިންމުން.
  2. ސ.ހިތަދޫ، ބިންމާގެ ޢަލީ ހަބީބް އަށް ނަންބަރު: (AGR)138-LS/INDIV/2015/249 އެއްބަސްވުމުން ދޫކުރެވިފައިވާ ކުލީ ބިމުގެ މުއްދަތު އިތުރުކޮށްދިނުމަށް އެފަރާތުން އެދިފައިވާތީ އެކަމަށް ގޮތެއް ނިންމުން.
  3. ސ.ހިތަދޫ، ބަށިގަސްދޮށުގެ އިބްރާހީމް ޝަފީޤް އަށް ނަންބަރު: (AGR)426-EA/INDIV/2015/23 އެއްބަސްވުމުން ދޫކުރެވިފައިވާ ކުލީ ބިމުގެ އިންވެސްޓްމެންޓް ވިއްކާލުމަށް ލިބިފައިވާ ހުއްދައާއި އެއްގޮތަށް ސ.ހިތަދޫ،ޖިފްޓި ޢަލީ ޝާފިޢު ގެ ނަމަށް އެއްބަސްވުން ބަދަލުކޮށްދިނުމަށް އެފަރާތުން އެދިފައިވާތީ އެކަމަށް ގޮތެއް ނިންމުން. (85 ވަނަ ބައްދަލުވުމާއި ގުޅޭ)
  4. ސ.ހިތަދޫ "އާރިފާޕެލެސް" ގޯއްޗަށް ބިން އިތުރުކޮށްދިނުމަށް އެ ގޯތީގެ ވެރިފަރާތްތަކުން އެދިފައިވާތީއާއި، މި ގޯތި ހިމެނޭ ބްލޮކުގައިވާ "ބައިހަރަ" ގޯއްޗާއި ގުޅިގެން އެ ގޯތީގެ ވެރިފަރާތުންވެސް މައްސަލަ ހުށަހަޅާފައިވާތީ، މި ބްލޮކުގައި ހިމެނޭ ގޯތިތަކަށް އެއްކޮށް މައްސަލަ ޙައްލުކޮށްދިނުމަށްޓަކައި ހުށަހަޅާ މައްސަލަ.

ތާއީދު ކުރެއްވި: ކައުންސިލަރ، ޑރ އާމިނަތު އަދާލާ ރަޝީދު

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، ހުސައިން ފައިޒުއްރަޙްމާން

 

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ:00 ވޯޓް  

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް:09 ވޯޓް

ވޯޓުގައި ބައިވެރިވި: 09 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B(4)/2025/116

ތާރީޚް: 8 އޮކްޓޯބަރ 2025