އައްޑޫސިޓީ ކައުންސިލްގެ އިދާރާ

މިއިދާރާގައި ބޭނުންކުރާ ދެވެހިކަލް 1518 ވޭން އަދި 1604 ކާރު ނީލަން ކިއުމާ ގުޅޭ

8 އޮކްޓޯބަރ 2025     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B(4)/2025/117

ބޭއްވުނު ތާރީޚް:  08   އޮކްޓޯބަރ 2025

ޖަލްސާ:2025 ވަނަ އަހަރުގެ 36 ވަނަ ރަސްމީ ޖަލްސާ ( 4ވަނަ ކައުންސިލްގެ 206 ވަނަ ޖަލްސާ)

މައްސަލަ

ހުށަހެޅުނު މައްސަލަ:  

މިއިދާރާގައި ބޭނުންކުރާ ދެވެހިކަލް 1518 ވޭން އަދި 1604 ކާރު ނީލަން ކިއުމާއިގުޅޭ.

މައްސަލަ ހުށަހެޅި ފަރާތް:  ޖެނެރަލް އެޑްމިނިސްޓްރޭޝަން ޔުނިޓް

ނިންމުން

މައްސަލަ ނިމުނުގޮތް:

" މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، އައްޑޫ ސިޓީ ކައުންސިލް އިދާރާގައި ބޭނުންކުރާ ދެވެހިކަލް 1518 ވޭން އަދި 1604 ކާރު ގެ ނީލަން ފަށާ އަގަށް ތިރީގައި ބަޔާންކޮށްފައިވާ ބަދަލުގެނެސް އަލުން އިޢުލާން ކުރުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

1518 ނަންބަރ: ވޭން ނީލަން ފަށާއަގު 50000.00ރުފިޔާ،

1604 ނަންބަރ: ކާރު ނީލަން ފަށާއަގު  20000.00ރުފިޔާ، އަދި ނީލަމަށް އެންމެ މަދުވެގެން އިތުރު ކުރެވޭނެއަގު 2000.00 ރުފިޔާއަށް ބަދަލުކޮށް އަލުން އިޢުލާންކުރުމަށް. 

ތާއީދު ކުރެއްވި:  ކައުންސިލަރ، މުޙައްމަދު ފައިސަލް

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، އަޙްމަދު ނާދިރު

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ:00 ވޯޓް  

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 09  ވޯޓް

ވޯޓުގައި ބައިވެރިވި: 09 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B(4)/2025/117

ތާރީޚް: 8 އޮކްޓޯބަރ 2025